
އަންނަ މަހުގެ 3 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް ބާއްވަން ރާވާފައިވާ “ލޫޓުވައިފި” މުޒާހަރާއަށް މެމްބަރުންގެ ތަރުޙީބު ކުޑަވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ، އޯޑިޓް ރިޕޯޓުން އެމްޑީޕީގެ ވެރިކަމުގައި ފެނަކައިގައި ހިނގާފައިވާ ބޮޑު ޚިޔާނާތެއް ފަޅާއެރުމެވެ. މި ރިޕޯޓާއެކު ރައްޔިތުންގެ އިތުބާރު ގެއްލި، “ލޫޓުވައިލީ” ކޮން ބަޔެއްތޯ މިހާރު ސާފުވެއްޖެ ކަމަށް ބެލެވެއެވެ. އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ މާލީ ހާލަތު ދަށްވެ، ނޮވެންބަރު 2018 އިން ފެށިގެން އެމްޑީޕީގެ އިސްވެރިންގެ މަސްލަހަތު އޮތް ކުންފުނިތައް ކަމަށްވާ ބިގް، ދީބާޖާ، އަދި ނޫމަޑި ފަދަ ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކުރިއެވެ. ކޮވިޑް-19ގެ ދަތިތަކާ ގުޅިގެން ވެސް އުސޫލެއް ނެތި އިތުރު ފައިސާ ދޫކުރިއިރު، އޮޑިޓަރ ޖެނެރަލް އޮފީހުން ކަންބޮޑުވުން ފާޅުކުރުމުން ވެސް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އެސެޓު ބަހާލައި، ޓޫރިސްޓު ރަށްރަށުގެ ކުއްޔާއި ޖޫރިމަނާގެ ބޮޑު ބައެއް މައާފުކޮށްދިނެވެ.
މީގެ އިތުރުން، 2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ގިނަ މަޝްރޫއުތަކެއް ކުންފުނިތަކާ ހަވާލުކުރިއިރު، ގިނަ މަޝްރޫއުތަކުގެ ބޮޑު ބައި ނުނިމި ހުރިތަން ފެނެއެވެ. ލީކުވި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ހެޔޮ އަގުގައި މަސައްކަތް ނިންމަން ހުށަހެޅި ކުންފުނިތައް އެކަހެރިކޮށް، ދައުލަތަށް ގެއްލުންވާ ގޮތަށް، ބޮޑު އަގުގައި ދިގު މުއްދަތުން މަސައްކަތް ހަވާލުކުރިއެވެ. އެމްޓީސީސީ ފަދަ ޤާބިލު ދައުލަތުގެ ކުންފުނިތަކަށް ފުރުސަތު ނުދިނެވެ. މާލީ ގޮތުން، އެމްޑީޕީގެ ފަސް އަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ފައިސާ (8 ބިލިއަން ރުފިޔާ) ޗާޕުކުރި އަދި އެންމެ ގިނަ ދަރަނި (57 ބިލިއަން ރުފިޔާ) އިތުރުކުރި ދައުރެވެ. ނަމަވެސް، މި ދަރަނި ނަގަން ޖެހުނު ސަބަބަކަށް ކޮވިޑް-19 ދެއްކި ނަމަވެސް، ނެގި 39 ލޯނުގެ ތެރެއިން ކޮވިޑާ ގުޅުންހުރީ އެންމެ ދިހަ ލޯނެވެ (2.4 ބިލިއަން ރުފިޔާ). މިހާ ބޮޑު އަދަދެއްގެ ފައިސާއަށް ކުރެވުނު ކަމެއް ރައްޔިތުންނަށް ފެންނަން ނެތުމުން، މިހާރު ރައްޔިތުން ބޭނުންވަނީ މި ހުރިހާ ކަމަކަށް ޖަވާބުދާރީވުމެވެ. ވުމާއެކު، އެމްޑީޕީގެ “ލޫޓުވައިފި” މުޒާހަރާއަށް ބޮޑު ތަރުޙީބެއް ނުލިބޭނެ ކަމަށް ގަބޫލުކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
