
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެފަރާތްތައް ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ކެއުޅުންނާ ބައްދަލުކުރައްވައި ދެއްވައިފިއެވެ. މިއީ އެމަނިކުފާނު ކެޔޮޅުންނާ ބައްދަލުކުރެއްވި ތިންވަނަ ފަހަރެވެ. މި ބައްދަލުކުރެއްވުމުގައި ކެޔޮޅުންވަނީ މަސްވެރިކަމުގެ ސިނާޢަތު ރަނގަޅުކުރުމަށް ބޭނުންވާ އެތައް ކަމެއް ރައީސްއާ ހިއްސާކުރައްވާފައެވެ. އޭގެތެރެއިން އެންމެ ބޮޑު ކަމަކަށްވީ މަސްކިލޯއެއްގެ އަގު ވިހި ރުފިޔާއަށް ބޮޑުކުރާނެ ތާރީޚެއް ސާފުކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ އެންވެރިކަން ދަށްވުމާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނަށް އެދުމުގައި ހުރި ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސް ހޯދުމުގައި ދިމާވާ ދަތިތައް ވެސް ފާހަގަކުރެވުނެވެ. އަދި މިފްކޯގައި މަސްކިރުވުމަށް ބޭނުންކުރާ ކައްޓާތައް ޑިޖިޓަލް ކައްޓާތަކަށް ބަދަލުކުރުމަށް ވެސް ކެއުޅުން އެދިވަޑައިގަތެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްގަންނަ އަގު ބޮޑުކުރެވޭނީ، މަސްކިރާތާ ސާޅީސްއަށް ގަޑިއިރު ތެރޭ ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑި ހަމަޖެހުމުން ކަމަށެވެ. ނަމަވެސް މަހުގެ އަގު ބޮޑުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މަސްވެރިންނަށް ބީއެމްއެލްއިން ލޯނަށް އެދޭނެ ގޮތް ފަސޭހަކޮށް، ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރުމަށް ބޭންކަށް އަންގަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ވ. އަތޮޅުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ މަސްވެރިންނާ މަޝްވަރާކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެސްޓީއޯއިން ތެޔޮވިއްކާ އަގު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއްގޮތް ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗް މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިފްކޯއިން ވެސް ތެޔޮވިއްކަން ފަށާނެ ކަމުގެ މަޢުލޫމާތު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މަސްވެރިންނާއި ކެއުޅުންގެ ކަންކަމަށް ވަރަށް ގާތުން ބައްލަވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ވީހާވެސް އަވަހަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަމެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
