
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ފެނަކަ ކޯޕަރޭޝަންގެ ތިން އަހަރު ދުވަހުގެ ހާއްސަ އޮޑިޓް ރިޕޯޓުން ހާމަވީ 2021 ވަނަ އަހަރުން 2023 ވަނަ އަހަރާ ދެމެދު (އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، އަހުމަދު ސައީދު ފެނަކައިގެ އެމް.ޑީ. ކަމުގައި ހުންނެވި ދުވަސްވަރު) 2.2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިނގާފައިވާކަމެވެ. މިއީ ރާއްޖޭގެ ތާރީހުގައި އާންމުވި އެންމެ ބޮޑު “ކޮރަޕްޝަން” ކަމަށް ބެލެވެއެވެ. ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރީ ފެނަކައިން “އިން-ހައުސް” ކޮށް ކުރިއަށް ގެންދިޔަ 57 ޕްރޮޖެކްޓެވެ. (33 އޮފީސް އިމާރާތާއި 24 އިންޖީނުގެ އެޅުމުގެ މަސައްކަތް). 2024 ވަނަ އަހަރުގެ ނިޔަލަށް މި ޕްރޮޖެކްޓްތަކަށް 1.069 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވީ ނަމަވެސް، ނިމިފައިވަނީ އެންމެ 7 އޮފީސް އިމާރާތާއި 9 އިންޖީނުގެއެވެ. ބާކީ 41 ޕްރޮޖެކްޓްގެ ތެރެއިން 33 ޕްރޮޖެކްޓް ނިމިފައިވަނީ %50 އަށްވުރެ ކުޑަކޮށެވެ.
މި ޕްރޮޖެކްޓްތަކަށް ހިނގި ހަރަދުގެ ތެރެއިން 606 މިލިއަނަށްވުރެ ގިނަ ރުފިޔާ ތަކެތި ގަތުމަށް ހަރަދުވެފައިވާއިރު، 417 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވަނީ ވަގުތީ މުވައްޒަފުންގެ މުސާރައާއި އެލަވަންސަށެވެ. މީގެ އިތުރުން ކުރިން ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރި ފަރާތްތަކަށް 45 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވެއެވެ. “އިން-ހައުސް” ކޮށް ހިންގި ކޮންމެ ޕްރޮޖެކްޓަކަށް އެވްރެޖްކޮށް 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާއިރު، ބީލަމަށްލައިގެން ކުރާނަމަ އެވްރެޖްކޮށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށްވުރެ ބޮޑު ނުވާނެ ކަމަށް ރިޕޯޓުގައި ބުނެއެވެ. އެހެންކަމުން މާކެޓް އަގަށްވުރެ ދެގުނަ އިތުރު ހަރަދުކޮށްފައިވެއެވެ.
މި ޕްރޮޖެކްޓްތައް އެއްކޮށް ނިމޭއިރު، ޖުމްލަ 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެ، ވާދަވެރި ބީލަމަކަށްވުރެ ގާތްގަނޑަކަށް 767 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރަށް ހަރަދުވާނެކަމަށް އޮޑިޓުގައި ފާހަގަކުރެއެވެ. މި ހަރަދުތައް ބޮޑުވީ މަސައްކަތް އަވަސްކަމާއެކު ނުނިމުމާއި، ވަގުތީ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހުމާއި، މުދަލާއި ހިދުމަތް ބޮޑު އަގުގައި ހޯދުމާއި، ޕްރޮޖެކްޓްތައް ރާވައި ހިންގުމުގައި ހަރުދަނާކަމެއް ނެތުމުންނެވެ.އޮޑިޓުގައި ބުނެފައިވަނީ ފެނަކައިގެ މާލީ ހާލަތު 2019 ވަނަ އަހަރުން ފެށިގެން ދަށްވެ، ދަރަނި އިތުރުވެފައިވަނީ، މެނޭޖްމެންޓުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، އާމްދަނީއާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކުރުމުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
