
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމުގެ ނަމުގައި ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި އެ ރަށުގެ އެންމެ ބޮޑު ހަސްފަތާލަށް ބޮންއަޅައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. އަލް-ޝިފާ ހަސްފަތާލަކީ މުޅި ޣައްޒާގައި ވެސް ހުރި އެންމެ ބޮޑު ހަސްފަތާލެވެ. ނިރުބަވެރި ޔަހޫދީ ސިފައިން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި އެ ހަސްފަތާލުގެ ގިނަ އިމާރާތްތަކެއް ވަނީ ސުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައެވެ. އަލް-ޝިފާ ހަސްފަތާލުގެ މެޑިކަލް ޑިރެކްޓަރު ޙަސަން އަލް-ޝާޢިރު ވިދާޅުވީ އެ ހަސްފަތާލުގެ ތެރެއިން ފެންނަނީ “ބިރުވެރި” މަންޒަރުތަކެއް ކަމުގައެވެ. އަދި، ޔަހޫދީން އެ ހަސްފަތާލަށް ބޮންއަޅަން ފެށުމާ އެކު، ރައްކާތެރި ކަން ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކަށް ހަސްފަތާލު ދޫކޮށް ދިޔުމަށް މަޖުބޫރުވި ކަމުގައެވެ. މި ވަގުތު، ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން މަސައްކަތް ކުރަމުން ދަނީ ވަރަށް ދަތި ހާލަތެއްގައި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޝާޢިރު ވިދާޅުވީ، މިހާރު ވެސް ހަސްފަތާލުގައި 100އެއްހާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ޞިއްޙީ ޚިދުމަތްތެރިން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އެ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާނެ ގިނަ އާލާތްތަކާއި ބޭސްފަރުވާގެ ސާމާނު ހުސްވެފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާ، ޕަލަސްޓީނިޔަން ސެންޓަރ ފޯ ހިޔުމަން ރައިޓްސުން ބުނީ، ޔަހޫދީ ސިފައިން ‘ފަޔަރ ބެލްޓު’ގެ ނަން ދީފައިވާ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކުރަމުންދާ ކަމުގައެވެ. މީގެ އިތުރުން، ގޮވާތަކެތި ބަރު ކޮށްފައިވާ އުޅަނދުތައް ހަސްފަތާލުތަކުގެ ކައިރިއަށް ގެންގޮސް، އެ ތަކެތި ގޮއްވައިލަމުންދާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ. ޣައްޒާ ސިޓީގެ އުތުރާއި އިރުމަތީ ސަރަޙައްދުތަކުގައި އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރާ އެކު ޔަހޫދީ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އަލް-ޙޫލު ހަސްފަތާލު ވަށައިލައި 90 މީހުން ތާށިކޮށްލާފައި
އަލް-ޝިފާގެ އިތުރުން ޣައްޒާ ސިޓީގައި އޮންނަ އެހެން ހަސްފަތާލެއް ކަމުގައިވާ އަލް-ޙުލޫ ހަސްފަތާލަށް ވެސް ޔަހޫދީ ސިފައިންގެ ޢުދުވާނީ ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައި އެ ސަހަރުގެ ޞިއްޚީ ދާއިރާގެ މަޞްދަރުތަކުން ކަށަވަރު ކޮށްދިނެވެ. އެ ތަނުގައި ކެންސަރު ބަލީގެ މީހުންނަށް ފަރުވާ ދޭނެ ޚާއްޞަ މަރުކަޒަކާއި، ދުވަސްނުފުރާ ވިހާފައި ތިބި ތުއްތު ކުދިންނަށް ފަރުވާ ދޭނެ ނިޔޯނޭޓަލް މަރުކަޒެއް ވެސް ހުރެއެވެ. އެ މަރުކަޒުގައި މިހާރު ވެސް 12 ތުއްތު ކުދިންނަށް ފަރުވާ ދެމުންދާ ކަމުގައި ޞިއްޙީ އޮފިޝަލުން ބުންޏެވެ.
ޔަހޫދީ ސިފައިން އެ ހަސްފަތާލަށް ދެމުންދާ މެދުކެނޑުމެއް ނެތް ޙަމަލާތަކާ ގުޅިގެން އެ ތަނުގެ ތެރޭގައި 90އެއްހާ މީހުން ތާށިވެފައިވާ ކަމުގައި ވެސް އޮފިޝަލުން ބުންޏެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން ގިނަ އަދަދެއްގެ ބަލިމީހުން ހިމެނެއެވެ. އެ ހަސްފަތާލަށް ވަދެނިކުމެ ހެދެން އޮތް ހުރިހާ މަގެއްގައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އަސްކަރީ ޓޭންކުފަހަރާ އެކު ދަނީ ހަރަކާތްތެރިވަމުންނެވެ. ޣައްޒާ ސިޓީގައި ޢާންމުން ދިރިއުޅޭ އިމާރާތްތަކަށް ވެސް ޔަހޫދީ ސިފައިން ދަނީ ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. މި ގޮތުން، ޞަބްރާ އަދި ރިމާލް އަވަށުގައި ހުންނަ އިމާރާތްތައް ހުސް ކުރުމަށް ޔަހޫދީ ސިފައިން އަމުރު ކޮށްފައިވާއިރު، އެންމެ ފަހުގެ ޙަމަލާތަކުގައި މައްކާ ޓަވަރުގެ ނަން ދީފައިވާ އުސް އިމާރާތަކަށް ބޮންއަޅައި، އެ ތަން ވަނީ ސުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައެވެ. މި ގޮތަށް، ފާއިތުވި ހަފުތާތަކުގެ ތެރޭގައި 50އެއްހާ އިމާރާތް ސުންނާފަތި ކޮށްލާފައިވާ ކަމުގައި ޣައްޒާ ސިޓީގެ ރައްޔިތުން ބުންޏެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 66,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ އުމުރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ. މީގެ އިތުރުން، ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް ފޭރިގަތުމަށް ވެސް ޔަހޫދީން ދަނީ ‘އީ1 މަޝްރޫޢު’ގެ ނަމުގައި ޣައިރުޤާނޫނީ ޖަރީމާތަކެއް ހިންގަމުންނެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
