
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމުގެ އުންމީދު ބޮޑުވެފައިވާ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ. އޭނާ މި ކަން ހާމަކުރައްވާފައި ވަނީ، ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ އެކު ވޮޝިންގްޓަނުގައި ބޭއްވެވި ބައްދަލުވުމަކަށް ފަހުއެވެ. ޔަހޫދީންގެ ޤައުލުޢާންމު ނިމުމަކަށް ގެނައުމަށް ޓްރަމްޕް އައު ރޭވުމެއް ރާއްވަވާފައިވާ ކަމުގައި އެމެރިކާއިން ބުންޏެވެ. ޔަހޫދީންގެ ޤަތުލުޢާންމު ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ޓްރަމްޕް ޒަޔަނިސްޓުންނާ މަޝްވަރާ ކުރައްވާފައިވާއިރު، ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށް ހިންގަމުންދާ ޢުދުވާން އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރަމުންނެވެ. އެ ރަށުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނީ، އަސްކަރީ ޓޭންކުފަހަރާ އެކު ޔަހޫދީ ސިފައިން އެ ރަށަށް އަރައި ހިންގަމުންދާ ޢުދުވާނާ ގުޅިގެން، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ދެ އަސީރަކާ ގުޅުން ކެނޑިފައިވާ ކަމުގައެވެ. ނިރުބަވެރި ނަތަންޔާހޫގެ ޢުދުވާނާ ގުޅިގެން އިތުރު އަސީރުންތަކެއް ގެއްލުމަކީ، ސުލްޙައިގެ މަޝްވަރާތަކަށް ހިޔަނި އެޅޭނެ ކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމުގެ ނަމުގައި ދެމުންދާ ނިރުބަވެރި ޙަމަލާތައް 24 ގަޑިއިރުގެ މުއްދަތަކަށް މެދުކަނޑައިލުމަށް ޙަމާސްގެ ހަތިޔާރު އެޅި ގޮފި، ޢިއްޒުއްދީން އަލް-ޤައްސާމް ލަޝްކަރުން ވަނީ ޔަހޫދީންނަށް ގޮވައިލާފައެވެ. އެ ލަޝްކަރުން ބުނީ، ޔަހޫދީންގެ ޢުދުވާނީ ޙަމަަލާތައް ވަގުތީ ގޮތުން މެދުކަނޑައިލުމުން، ގުޅުން ކެނޑިފައިވާ އަދި ގެއްލިފައިވާ ދެ އަސީރުން ހޯދުމުގެ މަސައްކަތް ކުރާނެ ކަމުގައެވެ. ޔަހޫދީންގެ ޢުދުވާން ނިމުމަކަށް ގެނައުމަށް ޓްރަމްޕް ރާއްވަވާފައިވާ ރޭވުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އޭނާގެ ހުށަހެޅުންތަކަށް ޒަޔަނިސްޓުންގެ އިތުރުން ޢަރަބި ޤައުމުތަކުން ތާޢީދު ލިބިފައިވާ ކަމުގައެވެ. އަދި، ހުރިހާ ފަރާތަކުން ވެސް ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ބޭނުންވާ ކަމުގައި އޭނާ ވިދާޅުވެފައިވީ ނަމަވެސް، ޙަމާސުން ވަނީ ޓްރަމްޕްގެ ހުށަހެޅުންތައް އެ ޖަމާޢަތާ ހިއްސާކޮށްފައި ނުވާ ކަން ހާމަކޮށްފައެވެ.
ޓްރަމްޕްގެ ހުށަހަޅުއްވާފައިވާ 21 މާއްދާގެ މައްޗަށް އެކުލެވިގެންވާ މެދުއިރުމަތީގެ ސުލްޙައިގެ ރޭވުމުގެ ދަށުން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރަން ޖެހޭނެއެވެ. އޭގެ ތެރޭގައި ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުންގެ ހަށިތައް ޙަވާލު ކުރުން ވެސް ހިމެނެއެވެ. އޭގެ ބަދަލުގައި، ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ. އަދި، ޤަޠަރަށް ޙަަމަލާ ދިނުން ހުއްޓައިލުމަށާއި، ފަލަސްޠީނުގެ އަމިއްލަ ބިމުގައި އެ މީހުންނަށް މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް ވެސް ހިމަނާފައިވެއެވެ. މި ހުށަހެޅުންތަކަށް ޔަހޫދީންގެ ތާޢީދު ލިބިފައިވާ ކަމުގައި ޓްރަމްޕް ވިދާޅުވަމުން ގެންދެވި ނަމަވެސް، ޖައްބާރު (ނުބައި ނުލަފާ) ނަތަންޔާހޫ އެ ކަަމަށް އެއްބަސްވާނެ ކަމަށް ނުބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ސަބަބަކީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް އޭނާގެ އަމުރަށް ހިންގަމުންދާ ޤަތުލުޢާންމުގެ މައިގަނޑު މަޤުޞަދަކީ ޙަމާސް ޖަމާޢަތް ނައްތައިލުން ކަމުގައި އޭނާ ތަކުރާރުކޮށް ބުނަމުން ދިޔުމެވެ. ނަމަވެސް، ޙަމާސުން ހަތިޔާރު ބަހައްޓައިފި ނަމަ، އެ ޖަމާޢަތުގެ އިސްވެރިންނަށް ޣައްޒާ ދޫކޮށް އެހެން ޤައުމުތަކަށް ދަތުރު ކުރުމުގެ ފުރުޞަތު ދޭނެ ކަމުގައި ސެޕްޓެންބަރު 28ވަނަ ދުވަހު އެމެރިކާގެ ފޮކްސް ނޫހަށް ދިން ބަސްދީގަތުމެއްގައި އޭނާ ބުންޏެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 65,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ އުމުރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
