
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކޮންމެ އަށް މިނެޓަކުން ޔަހޫދީން ޣައްޒާއަށް ބޮން އަޅައި ކަމަށް އދން ބުނެފިއެވެ. ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ވަރުގަދަ ކުރަމުންދާއިރު ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ވެސް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އދން ބުނެއެވެ. އދގެ އިންސާނީ މަސައްކަތްތަކާ ބެހޭ އިދާރާ، އޯސީއެޗްއޭއާ ހަވާލާދީ އދގެ ތަރުޖަމާނު، ސްޓެފާން ޔުޚަޚިކް ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމަށެވެ. އެ ގޮތުން ކޮންމެ 8 ނުވަތަ 9 މިނެޓަކުން ވައިގެ ޙަމަލާއެއް އެ ސަހަރަށް ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔުޚަޚިކް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު އެކަނި ވެސް ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުން ދެކުނަށް 16،500 މީހުން ދަތުރުކޮށްފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ބަދަލުވާ ޣައްޒާގެ ރައްޔިތުން ދަތުރުކުރާ މަގުތަކުގައި އެހީދޭ ޚިދުމަތްތެރިން ޙަރަކާތްތެރިވަމުންދާ ކަމަށާއި، ޙާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެ ގޮތުން ސައިކޯސޯޝަލް ފުރަތަމަ އެހީ ދީ، ނުގޮވާ ހުންނަ ހަތިޔާރުގެ ނުރައްކާތައް ކިޔައިދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޔަހޫދީން ހުސްކުރުމަށް އަންގާފައިވާ ޣައްޒާ ސިޓީގައި އަދި ވެސް އެތައް ސަތޭކަ ހާސް ޣައްޒާގެ ރައްޔިތުން ތިބި ކަމަށް ފާހަގަކުރައްވައި ޔުޚަޚިކް ވިދާޅުވީ އެ ސަރަޙައްދުގައި ދެމުންދިޔަ އަސާސީ ގިނަ ޚިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އެ އެންމެން ވެސް ބަރޯސާ ވަނީ އިންސާނީ އެހީގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޔުޚަޚިކް ވިދާޅުވީ ގޮތުގައި ޣައްޒާގެ 15 ސަރަޙައްދަކަށް އެހީގެ ސާމާނު ގެންދިޔުމަށް ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު ޔަހޫދީންގެ ކިބައިން އެދިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ޙުއްދަ ދީފައި ވަނީ 7 ސަރަޙައްދަކަށް ތަކެތި ގެންދިޔުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ އެންމެހާ މަސައްކަތްތައް ފުރިހަމައަށް ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ދިނުމަށް އޯސީއެޗްއޭއިން ޔަހޫދީންގެ ކިބައިން އެދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހުރަހެއް ނެތި ޣައްޒާއަށް ތަކެތި ވައްދައި އެކި ސަރަޙައްދުތަކަށް ގެންދިޔުން ހިމެނެއެވެ. ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާ ގުޅޭގޮތުން ޔުޚަޚިކް ވިދާޅުވީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޔަހޫދީ ވަޒަންވެރިންގެ ޙަމަލާތަކުގައި 3،000އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމުގައި އޭނާ ފާހަގަކުރެއްވިއެެވެ.
2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 66،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
