
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން މަސައްކަތްކުރަމުންދާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ (ޖީއެސްއެފް)ގެ އުޅަނދުތައް މިޞްރުގެ އައްސޭރިފަށުގައި އޮންނަ ރަށެއް ކަމަށްވާ މަރްސާ މަޠްރޫޙްއާ ކައިރި ސަރަޙައްދަކަށް ފޯރައިފިއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންދާއިރު، 45456ޖީއެސްއެފުން މަސައްކަތް ކުރަމުންދަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. ޖީއެސްއެފްގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި 44 ޤައުމަކަށް ނިޞްަބަތްވާ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ.
ޣައްޒާގެ ޙިޞާރު ފޫއަޅުވައިލުމާ ގުޅޭ ބައިނަލްއަޤްވާމީ ކޮމިޓީން ބުނީ މިޞްރުގެ އަލްއިސްކަންދަރިއްޔާގެ އުތުުރުން ފްލޮޓިއްލާ ދަތުރުކޮށް ޣައްޒާއާ ކައިރިވަމުން ދާނެ ކަމަށެވެ. ޣައްޒާއާ ކައިރިވަމުންދާ ވަރަކަށް ޖީއެސްއެފްއާ ދެކޮޅަށް ޔަހޫދީން ހަނގުރާމައިގެ ޖަރީމާއެއް ހިންގާނެ ކަމަށް ބެލެވޭ ކަމަށް އެ ކޮމިޓީން ބުނެއެވެ. ޖީއެސްއެފުން ވެސް ބުނީ ފްލޮޓިއްލާގެ މައި ދެ އުޅަނދު މިހާރު އޮތީ ޣައްޒާއާ 678 ކިލޯމީޓަރު ދުރުގައި ކަމަށާއި ކުރިއަށް އޮތް 3 ނުވަތަ 4 ދުވަހުގެ ތެރޭގައި ޣައްޒާއާ ހަމައަށް ފޯރާނެ ކަމަށް ބެލެވޭ ކަމަށެވެ. ޖީއެސްއެފްއާ އިތުރު ދެ އުޅަނދު ގުޅިފައިވާ ކަން ފާހަގަކޮށް ފްލޮޓިއްލާގައި މި ވަގުުތު 44 އުޅަނދު ހިމެނޭ ކަމަށް ވެސް ޖީއެސްއެފުން ބުނެފައިވެއެވެ. ޖީއެސްއެފުން އިތުރަށް ބުނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެންމެ ނުރައްކާ ބޮޑު ސަރަޙައްދަށް ފްލޮޓިއްލާއިން ވަންނާނެ ކަމަށެވެ. ފްލޮޓިއްލާގެ ޢަޒުމަށް ބަދަލެއް ނާންނަ ކަމަށާއި މިއީ ބައިނަލްއަޤްވާމީ ސަމާލުކަމާއި އެއްބައިވަންތަކަން އެންމެ މުހިންމުވާ ވަގުތު ކަމަށް ވެސް ޖީއެސްއެފުން ބުނެފައިވެއެވެ.
މީގެ ކުރިން ޣައްޒާގެ ޙިޞާރު ފޫއަޅުވައިލުމާ ގުޅޭ ބައިނަލްއަޤްވާމީ ކޮމިޓީން ވަނީ ނޫސްވެރިންނާއި ޞިއްޙީ ޚިދުމަތްތެރިން ގޮވައިގެން ދަތުރުކުރާ ބޯޓެއް ޣައްޒާއަށް ފޮނުވާނެ ކަމަށް ބުނެފައެވެ. ދުނިޔޭގެ އެކި ޤައުމުތަކަށް ނިޞްބަތްވާ 100އަށްވުރެ ގިނަ ނޫސްވެރިންނާއި ޑޮކްޓަރުން ގޮވައިގެން އެ އުޅަނދު އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހު ފުރުމަށް ތައްޔާރުވެފައިވާ ކަމަށް އެ ކޮމިޓީން ބުނެއެވެ. 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 66،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ޔަހޫދީން ވަނީ ފްލޮޓިއްލާަގައި ހުރި އެހީގެ ސާމާނު ޣައްޒާއަށް ރައްދު ކުރުމަށް ޔަހޫދީންނާ ޙަވާލު ނުކުރާ ނަމަ ފްލޮޓިއްލާ ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް މި އިންޒާރުތަކަށް ބެލުމެއް ނެތި ފްލޮޓިއްލާގެ މަޤްސަދު ޙާޞިލް ކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ޖީއެސްއެފުން ދަނީ ބުނަމުންނެވެ. ޖީއެސްއެފުން ހަމައެކަނި ފޯރުކޮށްދެނީ އިންސާނީ އެހީ ނޫން ކަމަށާއި، އެއާ އެކުއެކީގައި އުންމީދާއި އެއްބައިވަންތަކަމުގެ އިޙްސާސް ވެސް ފޯރުކޮށްދޭން ބޭނުންވާ ކަމަށް ފޮލޮޓިއްލާގެ ބައިވެރިން ބުނެއެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކާ ފަލަސްޠީނުގެ ރައްޔިތުން ކުރިމަތިލަމުންދާއިރު، ދުނިޔެ އޮތީ ފަލަސްޠީނާ އެކުގައިކަން ދައްކުވައިދޭން ޖީއެސްއެފުން ބޭނުންވާ ކަމަށް ޖީއެސްއެފުން ދަނީ ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
