
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލުބުނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲއަށް، ލުބްނާނުގެ ސިޔާސީ މައިދާނުގައި މުހިންމު ދައުރެއް އަދާކުރެވޭނެ މުހިންމު ބައިވެރިއެއްކަމަށް ޤަބޫލުކުރައްވާކަމަށް، އެމެރިކާގެ ޚާއްޞަ މަންދޫބު، ޓޮމް ބަރަކް ވިދާޅުވެއްޖެއެވެ. ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް އެމެރިކާއާއި ޔަހޫދީންނާއި ލުބުނާނުގެ ރަސްމީ އިދާރާތަކުން ކުރާ މަސައްކަތްތައް ވަނީ ވަރުގަދަކޮށްފައެވެ. ބަރަކް ވިދާޅުވި ގޮތުގައި، ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް އެމެރިކާއިން ބާރުނާޅާނެ ކަމަށާއި، އެކަން ކާމިޔާބުކުރުމަކީ ލުބުނާނުގެ ސަރުކާރުގެ ޒިންމާއެކެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ، ހަތިޔާރު ބެހެއްޓުމަށް ލުބުނާނުގެ ސަރުކާރުން އެދުނު އެދުމަށް، ޙިޒްބުﷲގެ އިސްވެރިޔާ، ނަޢީމް ޤާސިމް އަނެއްކާވެސް އިންކާރުކުރައްވާފައިވަނިކޮށެވެ.
ޙިޒްބުﷲން ހަތިޔާރު ބަހައްޓައިފިނަމަ، އޭގެ ހުރިހާ ފައިދާއެއް ލިބޭނީ ޔަހޫދީންނަށް ކަމަށް، ޤާސިމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ހުސްވި އަހަރުގެ ނޮވެންބަރު މަހު ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވީ ނަމަވެސް ޔަހޫދީން ދަނީ އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ. އަދި، ދޭތެރެދޭތެރެއިން ލުބްނާންގެ ރަށްތަކާއި ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ. އަލްޖަޒީރާ ނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، ބަރަކް ވަނީ، ޙިޒްބުﷲއަކީ ސައްޙަ ސިޔާސީ ޕާޓީއެއް ކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ލުބުނާނުގެ ސިޔާސީ މުސްތަޤުބަލުގައި، ޙިޒްބުﷲއަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔަހޫދީން ޙިޒްބުاللهއަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައި އެ ޖަމާޢަތުގެ ގިނަ ޢަދަދެއްގެ އިސްވެރިން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި އެ ޖަމާޢަތުގެ ކުރީގެ އިސްވެރިޔާ ޙަސަން ނަސްރުاللهއާއި ޙިޒްބުاللهއަށް ނިޞްބަތްވާ އެތައް ހާސް މުޖާހިދުން ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
