
ޕާކިސްތާނަށް ނިސްބަތްވާ އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ގެ ރައީސްގެ އަތްޕުޅުން އޭޝިއާ ކަޕުގެ ތަށި އުފުލާލަން އިންޑިއާއިން ދެކޮޅު ހެދުމުން، ތަށި ނުދީ ރަސްމިއްޔާތު ނިންމާލައިފިއެވެ. ރޭ ދުބާއީގައި ނިމުނު މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދީ ވާދަވެރި ފައިނަލަށް ފަހު ފަސް ވިކެޓުން ޕާކިސްތާން ބަލިކޮށްފަ އެވެ. މުބާރާތުގެ ތަށި ދިނުމަށް ހަމަޖައްސާފައި އޮތީ އޭޝިއަން ކްރިކެޓް ކައުންސިލްގެ ރައީސް މޮހްސިން ނަގްވީ އެވެ. އޭނާ އަކީ ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ރައީސްގެ އިތުރުން އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ވެސް މެ އެވެ. މިކަމާ ބެހޭ ގޮތުން އިންޑިޔާގެ ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޑެވަޖިތް ސައިކިއާ ވިދާޅުވީ އިންޑިޔާއިން ނިންމީ ޕާކިސްތާނަށް ނިސްބަތްވާ ރައީސްގެ އަތުން ތަށި ލިބިގަންނަން ބޭނުންނޫން ކަމަށެވެ.
“ސަބަބަކީ އޭނާ އަކީ އޭޝިއާގެ ކްރިކެޓް ކައުންސިލްގެ ރައީސް ނަމަވެސް އޭނާ އަކީ ޕާކިސްތާނުގެ އިސް ލީޑަރަކަށްވުން. އެކަމަކު މީގެ މާނައަކީ ވަކިވަކި ކުޅުންތެރިން ގޮސް އެވޯޑް ލިބިގަތުމަށް ހުރަހެއް އޮތުމެއްނޫން. އަދި އޭނާއާއެކު އެހެން މީހަކު ހުރެގެން ތަށި ލިބިނުގަތުމެއްވެސް ނޫން. އަހަރުމެން އެދެނީ މި ތައްޓާއކި މެޑަލް ވީ އެންމެ އަވަހަކަށް އިންޑިޔާ އަށް ގެންދެވޭނެ ގޮތެއްވުން،” ޑެވަޖިތް ވިދާޅުވި އެވެ. އޭނާ އަދި އަންނަ ނޮވެމްބަރު މަހު ޑުބާއީގައި ބާއްވާ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ ކޮންފަރެންސްގައި އޭޝިޔާގެ ކްރިކެޓް ޖަމިއްޔާގެ ރައީސް ނަގްވީއާ ގުޅޭ ސީރިއަސް މައްސަލަތަކެއް އިންޑިޔާއިން ފެންމަތިކޮށް އޭނާއާ ދެކޮޅަށް ހަޅުތާލު ކުރާނެ ކަމަށެވެ.

ރޭގެ ފައިނަލް މެޗު ނިމުނީ ޑުބާއީ ގަޑިން 10:30ގަ އެވެ. ނަމަވެސް އިންޑިޔާއިން މޮހްސިން ނަގްވީ އަތްޕުޅުން ތަށި ލިބިގަތުމަށް ދެކޮޅު ހެދުމުން ރަސްމިއްޔާތު މެންދަމާ ހަމައަށް ދިގު ދެމިގެންދިޔަ އެވެ. އެންމެ ފަހުން ވަނީ މުބާރާތުގެ ވަކިވަކި އިނާމްތަކާއި ރަނަރަން ޓީމު ޕާކިސްތާނަށް އިނާމް ދިނުމަށްފަހު ރަސްމިއްޔާތު ނިންމާލައިފަ އެވެ. އޭޝިޔާގެ ކްރިކެޓް ޖަމިއްޔާއިން މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތަށި ދިނުމަށް ހަމަޖައްސާފައިވަނީ އެ ޖަމާއަތުގެ ރައީސް ކަމަށާއި އެކަމަށް އިންޑިޔާ ދެކޮޅު ހެދުމުން ޗެމްޕިއަން ޓީމަށް ތަށި ދޭ ހިސާބަށް ދިއުމުން ރަސްމިއްޔާތު ނިންމާލީ ކަމަށެވެ މެޗަށް ފަހު އޮތް ޕްރެސް ކޮންފަރެންސްގައި އިންޑިޔާގެ ކެޕްޓަން ސުރްޔަކުމާރު ޔަދާވް ބުނީ މިފަދަ ކަމެއް އޭނާ މީގެ ކުރިން ވެސް ނުދެކޭ ކަމަށެވެ. އޭނާ އަދި ބުނީ އިންޑިޔާ ކުޅުންތެރިން ތަށި ބަލައި ނުދާން ނިންމީ އަމިއްލަ އަށް ކަމަށާއި އެއީ މީހަކު ބުނެގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ.
“އަހަރުމެންނަށް މި ތަށި އުފުލާލުން ހައްގު. އަހަރެންގެ ޓްރޮފީތައް އަހަރެންގެ ސިޓިން ރޫމުގައި ދައްކާލަން ހުންނާނެ. އެތަނަށް މި ތައްޓަކީ މުހިންމު އެއްޗެއް. އެކަމަކު ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ތަށި ބަލައި ނުދާން ނިންމީ އަމިއްލަ އަށް. އަހަރުމެންނަށް މި ނޫން ގޮތެއް ހައްގު ކަމަށް ދެކެން،” ކެޕްޓަން ބުންޏެވެ.

މުބާރާތުގެ ވަނަވަނަ އަށް ހޮވުނު އިންޑިޔާ ކުޅުންތެރިން ސްޓޭޖަށް އަރައި އިނާމް ލިބިގަތީ ރަސްމިއްޔާތަށް ވަޑައިގެންނެވި އެހެން އޮފިޝަލުންގެ އަތްޕުޅުންނެވެ. ނަމަވެސް އިންޑިޔާ ކުޅުންތެރިން ސްޓޭޖަށް އެރުމުން މޮހްސިން ނަގްވީ އަތް ޖައްސަވާފައި ނުވެ އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ އިންޑިޔާގެ އަބީޝެކް ޝަރްމާ އެވެ. އެންމެ ގިނަ ލަނޑު ހެދީ ވެސް އޭނާ އެވެ. އެންމެ ގިނަ ވިކެޓް ނެގީ އިންޑިޔާގެ ކުލްދީބް ޔަދާވް އެވެ. އޭނާ މި ގޮތަށް އަމަލު ކުރެއްވީ އޭނާގެ އަތްޕުޅުން ތަށި ބަލައި ދިއުމަށް އިންޑިޔާއިން ދެކޮޅު ހަދައި ރަސްމިއްޔާތު އެތައް ގަޑިއިރަކަށް ފަސްވުމުންނެވެ. އަދި ރަސްމިއްޔާތު ފެށުމުގެ ކުރިން އޭނާ ވަނީ ދަނޑުގައި ހަދާފައި ހުރި ސްޓޭޖުގެ ކައިރިއަށް ވަޑައިގެން މަޝްވަރާތަކެއް ވެސް ކުރައްވާފަ އެވެ. އޭރު ދަނޑުގައި ތިބި އިންޑިޔާގެ ސަޕޯޓަރުން އޭނާ އަށް މަލާމާތްކޮށް ހަޅޭއްލަވައި ހެދި އެވެ. އަދި ރަސްމިއްޔާތަށް ނެރެފައި ހުރި މުބާރާތުގެ ޓްރޮފީ ފަހުން ވަނީ އެތެރެއަށް ވައްދައިފަ އެވެ. އިންޑިޔާގެ ކުޅުންތެރިން ރަސްމިއްޔާތަށް ފަހު ސްޓޭޖަށް އަރައި ފޮޓޯ ނެގިއިރު ވެސް ތަށި ފެންނާކަށް ނެތެވެ.
އިންޑިޔާ އާއި ޕާކިސްތާނަކީ ސިޔާސީ ދެ ހަތުރުންނެވެ. ހާއްސަކޮށް 2012 ވަނަ އަހަރު އިންޑިޔާގެ ތާޖް ހޮޓަލަށްދިން ޓެރަރިސްޓް ހަމަލާއަށް ފަހު ދެ ގައުމުގެ ގުޅުން ގޯހެވެ. މި ގޮތުން އިންޑިޔާގެ ކުޅުންތެރިން ޕާކިސްތާނަށް ދިއުން ވަނީ މަނާކޮށްފަ އެވެ. މިހެންވެ ޕާކިސްތާނުގައި މި ދިޔަ އަހަރު ބޭއްވި ޓުވެންޓީ20 މުބާރާތުގައި އިންޑިޔާ ކުޅެން ޖެހުނު މެޗުތައް ވެސް ކުޅުނީ ޑުބާއީގަ އެވެ. ޕާކިސްތާނުގެ ކުޅުންތެރިންނަށް ބޮޑެތި މުބާރާތްތަކަށް އިންޑިޔާ އަށް އެތެރެވެވެނީ ވެސް އައިސީސީ މެދުވެރިކޮށް ހަރުކަށި އުސޫލުތަކެއްގެ ތެރެއިންނެވެ.

މި ފަހަރުގެ އޭޝިޔާ ކަޕުގައި އިންޑިޔާ އާއި ޕާކިސްތާން ތިން ފަހަރު ބައްދަލުކުރި އެވެ. މި މެޗުތައް ފެށުމުގެ ކުރިން އިންޑިޔާ ކުޅުންތެރިން ވަނީ ޕާކިސްތާނުގެ ކުޅުންތެރިންނާ ސަލާމް ކުރުމަށް ވެސް ދެކޮޅު ހަދައިފަ އެވެ. މިއީ އިންޑިޔާއިން މި ތަށި ހޯދި 9 ވަނަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
