
އޭޝިއާ ކަޕް ތަށި ބަލައި ނުދިއުމާއި ޕާކިސްތާނާއެކު ކުޅޭ މެޗުތައް ފެށުމުގެ ކުރިން ސަލާމް ނުކުރުމަކީ އިންޑިޔާއިން ކްރިކެޓަށް ކުރާ މަލާމާތެއް ކަމަށް ޕާކިސްތާނުގެ ކެޕްޓަން ސަލްމާން އަގްހާ ބުނެފި އެވެ. ފައިނަލުން ބަލިވި ޓީމުގެ ކެޕްޓަން މިހެން ބުނީ އިއްޔެރޭ ނިމުނު އޭޝިޔާ ކަޕުގެ ތަށި ބަލައި ޗެމްޕިއަންކަން ހޯދި އިންޑިޔާއިން ތަށި އުފުލާލުމަށް ދެކޮޅު ހެދުމުންނެވެ. އިންޑިޔާއިން ބުނީ އޭޝިއަން ކްރިކެޓް ކައުންސިލްގެ ރައީސަކީ ޕާކިސްތާން މީހަކަށް ވުމުން އޭނާގެ އަތުން ތަށި ބޭނުންނުވާ ކަމަށެވެ. “މުބާރާތުގެ ތަށި ދޭ ގޮތަށް ހަމަޖެހިފައިވަނީ އޭސީސީގެ ރައީސް. އޭނާ އަތުން އެ މީހުން ތަށި ބޭނުންނުވާނަމަ ދެން ކިހިނެތް އެ މީހުންނަށް ތަށި ލިބޭނީ. މިއީ ކްރިކެޓަށް ކުރެވޭ މަލާމާތެއް. މިއީ ކުޑަކުދިންނާއި ކްރިކެޓް ފޭނުންނަށް ދޭ ގޯސް މެސެޖެއް. މިއީ އިހްތިރާމް ނުކުރުން. އަހަރުމެން ބަލިވީމާ ވެސް ގޮސް މެޑަލް އެޅުވިން،” ޕާކިސްތާނުގެ ކެޕްޓަން ބުންޏެވެ.
މި މުބާރާތުގައި އިންޑިޔާއި ޕާކިސްތާން ތިން ފަހަރު ބައްދަލުކުރި އެވެ. މި ހުރިހާ މެޗެއްގައި ވެސް އިންޑިޔާއިން ޕާކިސްތާން ކުޅުންތެރިންނާ މެޗު ފެށޫމުގެ ކުރިން ރަސްމީކޮށް ކުރަންޖެހޭ ސަލާމެއް ނުކުރެ އެވެ. މިކަމާ ގުޅޭ ގޮތުން އަގްހާ ބުނީ އެއީ އިންޑިޔާ ކުޅުންތެރިންގެ ނިންމުމެއް ނޫން ކަމަށެވެ. “އަހަރެންނާއި އިންޑިޔާގެ ކެޕްޓަނާ އެއްވެސް މައްސަލައެއްނެތް. އޭނާ އަހަރެންނާ ސަލާމް ކުރި މުބާރާތް ފެށުމުގެ ކުރިން. ރެފްރީންގެ މީޓިންގެ ކުރިން ބައްދަލުވެގެން އޭނާ ސަލާމް ކުރި. އެކަމަކު ކެމެރާ ކުރިމަތީގައި ސަލާމް ނުކުރަނީ އެއީ އެ މީހުންނަށް އަންގާފައިވާ ގޮތް ކަމަށްވާތީވެ. އަހަރެން ބަދު ބަހެއް ބުނާކަށް ނެތިން. އެކަމަކު ކުޅުންތެރިންގެ މެދުގައި މައްސަލަތަކެއް އޮވެގެން ކުރާ ކަމެއްނޫން އެއީ،” އަގްހާ ބުންޏެވެ.
އޭސީސީގެ މިވަގުތުގެ ރައީސަކީ ޕާކިސްތާނަށް ނިސްބަތްވާ މޮހްސިން ނަގްވީ އެވެ. އޭނާ އަކީ ޕާކިސްތާނުގެ ކްރިކެޓް ރައީސްގެ އިތުރުން އެ ގައުމުގެ އިންޓީރިއާ މިނިސްޓަރެވެ. އިންޑިޔާއިން ބުނީ އޭނާގެ އަތްޕުޅުން ތަށި ބަލައި ނުދިޔައީ އެއީ ޕާކިސްތާނުގެ ވަޒީރަކަށް ވުމުން ކަމަށެވެ. އަދި އަންނަ ނޮވެމްބަރު މަހު އޮންނަ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ ބައްދަލުވުމުގައި އޭނާއާ ދެކޮޅަށް ހަޅުތާލު ކުރާނެ ކަމަށެވެ. މި ރަސްމިއްޔާތުގައި އިންޑިޔާ ތަށި ބަލައި ނުދާން ނިންމުމުން ރަސްމިއްޔާތު ނިންމާލީ ރަނަރަބް ޓީމަށް ރިހި މެޑަލް ދީފަ އެވެ.
އިންޑިޔާ އާއި ޕާކިސްތާނަކީ ސިޔާސީ ދެ ހަތުރުންނެވެ. ހާއްސަކޮށް 2012 ވަނަ އަހަރު އިންޑިޔާގެ ތާޖް ހޮޓަލަށްދިން ޓެރަރިސްޓް ހަމަލާއަށް ފަހު ދެ ގައުމުގެ ގުޅުން ގޯހެވެ. މި ގޮތުން އިންޑިޔާގެ ކުޅުންތެރިން ޕާކިސްތާނަށް ދިއުން ވަނީ މަނާކޮށްފަ އެވެ. މިހެންވެ ޕާކިސްތާނުގައި މި ދިޔަ އަހަރު ބޭއްވި ޓުވެންޓީ20 މުބާރާތުގައި އިންޑިޔާ ކުޅެން ޖެހުނު މެޗުތައް ވެސް ކުޅުނީ ޑުބާއީގަ އެވެ.
ޕާކިސްތާނުގެ ކުޅުންތެރިންނަށް ބޮޑެތި މުބާރާތްތަކަށް އިންޑިޔާ އަށް އެތެރެވެވެނީ ވެސް އައިސީސީ މެދުވެރިކޮށް ހަރުކަށި އުސޫލުތަކެއްގެ ތެރެއިންނެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
