
އޭނާ މިހާރު ބޭނުންވަނީ ޗެލްސީ ބަލި ކުރަން ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ. އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި މިރޭ ޕޯޗުގަލްގެ ބެންފީކާގެ ކޯޗުގެ ގޮތުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. މޮރީނިއޯ އެތައް ދުވަހަކަށް ފަހު ޗެލްސީގެ ދަނޑަށް އާދެވުމުން ކުރެވެނީ އަމިއްލަ ގެ އަށް އާދެވުމުގެ އިހުސާސް ކަމަށެވެ. “މިތަނުގައި އަހަރެންނަށް ހީވަނީ މިއީ އަމިއްލަ ގެ ހެން. އެކަމަކު މިހާރު އަހަރެންނަކީ ޗެލްސީގެ މީހެއް ނޫން. އަހަރެންނަކީ ރަތް ކުލައިގެ މީހެއް. އަހަރެން ބޭނުންވަނީ މޮޅުވާން. އެއީ ކުރެވިދާނެ ކަމެއް،” މޮރީނިއޯ ބުންޏެވެ.
ދެ ފަހަރެއްގެ މަތީން ޗެލްސީ އަށް ކޯޗުކޮށްދީ އެ ކުލަބަށް ތިން ފަހަރެއްގެ މަތީން އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިން މޮރީނިއޯ ކުލަބުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކޯޗެވެ. އޭނާ އަށް އެ ކުލަބުގެ ސަޕޯޓަރުންގެ ހިތުގައި އޮތީ ވެސް ގަދަރާއި ލޯތްބެވެ. ޗެލްސީގެ ކޯޗު އެންޒޭ މަރެސްކާ މިކަމާ ބެހޭ ގޮތުން ބުނީ މޮރީނިއޯ އަށް ޗެލްސީގެ ދަނޑުން މަރުހަބާ ކިއުމަކީ ލިބޭ އުފަލެއް ކަމަށެވެ. “އަހަރެންނަށް އޭނާ އަކީ މި ކުލަބުގެ ލެޖެންޑެއް. އަދި އޭނާ އަކީ އިޓަލީގައި ވެސް އިންޓަމިލާނުގެ ލެޖެންޑެއް. އޭނާ އަކީ ތަފާތު ކުލަބުތަކުގެ ލެޖެންޑެއް. މީގެ މާނަ އަކީ އޭނާގެ މޮޅުކަން،” މަރެސްކާ ބުންޏެވެ.
މިއީ ފަސް އަހަރު ތެރޭގައި މޮރީނިއޯ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ މެޗަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އޭނާ އަކީ އިޓަލީގެ އިންޓަމިލާނާއި ޕޯޗުގަލްގެ ޕޯޓޯ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފައިވާ ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
