
ބާސެލޯނާގެ އަންހެން ފުޓްބޯޅަ ޓީމަކީ ފިރިހެން ކުޅުންތެރިންނަށް ވެސް ނަމޫނާ ޓީމެއް ކަމަށް ވައިސް ކެޕްޓަން އަދި ބަލޮންޑޯ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދި އައިޓާނާ ބޮންމާޓީ ބުނެފި އެވެ. އޭނާ މިހެން ބުނީ ފްރާންސްގެ ޕްރިހުގައި ބޭއްވި ބަލަންޑޯ އެވޯޑް ދިނުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަމުންނެވެ. “މި އެވޯޑް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. އަހަރުމެން ކޮންމެ އަހަރަކު ވެސް އަންނަނީ ކުރި އަރަމުން. ނިމިދިޔަ ސީޒަނަކީ ވެސް ވަރަށް ކާމިޔާބު ކުރިއެރުންތަކެއް ލިބުނު ސީޒަނެއް. މިފަދަ ކޮންމެ އެވޯޑަކާއެކު އިތުރު ކާމިޔާބީ ހޯދަން އިތުރަށް ހިތްވަރު ލިބޭނެ،” ބޮންމާޓީ ބުންޏެވެ.
އޭނާ ބުނީ ވިދިވިދިގެން ހަތަރު ފަހަރު ޗެމްޕިއަންސް ފައިނަލުގައި ކުޅެ ދެ ތަށި ބާސެލޯނާ ހާސިލް ކުރުމަކީ ވެސް ކާމިޔާބީ އެއް ކަމަށެވެ. އަދި ސްޕެނިޝް ލީގުގެ 14 ސީޒަނުގެ ތެރެއިން 10 ފަހަރު ބާސެލޯނާ ތަށި ހޯދުމަކީ ވެސް ހާއްސަ ކަމެއް ކަމަށެވެ. މީގެ އިތުރުން މިދިޔަ 10 އަހަރު ސްޕޭނުގެ އަންހެން ގައުމީ ޓީމުގެ ޑޮމިނޭޓް ކުރީ ބާސެލޯނާއިން ކަމަށެވެ. މި ގޮތުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައި އެންމެ ފަހުގެ ޔޫރޯގެ ދެ ފައިނަލް ކުޅުނު ސްޕޭން ޓީމުގައި ވެސް ގިނައީ ބާސެލޯނާގެ ކުޅުންތެރިން ކަމަށެވެ.

މީގެ އިތުރުން ބެލޮންޑީއޯ އެންމެ ފަހުން ހޯދި ފަސް ކުޅުންތެރިންނަކީ ވެސް ބާސެލޯނާގެ ކުޅުންތެރިންނެވެ. މިދިޔަ ތިން އަހަރު ބޮންމާޓީ ހޯދިއިރު އޭގެ ކުރީ ދެ އަހަރު އެވޯޑް ހޯދީ ކެޕްޓަން އެލެކްޒިއާ ޕުޓެޔާސް އެވެ. “އަހަރެންނަށް ހީވަނީ ބާސެލޯނާގެ އަންހެނުންގެ މި ޖީލަކީ ފުޓްބޯޅައިގެ ކުރިމަގުގެ ޒުވާން ކުޅުންތެރިންނަށް ނަމޫނާއަކަށްވާނެހެން. ހަމައެކަނި އަންހެން ކުޅުންތެރިން އެކަންޏެއްނޫން. ފިރިހެން ކުޅުންތެރިންނާއި ޖުމުލަކޮށް މުޅި ފުޓްބޯޅައިގެ އެންމެނަށް ވެސް މި ޓީމު ވާނީ ނަމޫނާއަކަށް،” ބޮންމާޓީ ބުންޏެވެ.
އޭނާ ބުނީ އުއްމީދަކީ ބާސެލޯނާގައި އަބަދުވެސް ދެމި ހުރުން ކަމަށެވެ. ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާގެ ބަލޮންޑޯ އެވޯޑް ރަސްމިއްޔާތަށް ފަހު ބުނީ ބޮންމާޓީ އަކީ ވަރަށް ފުރިހަމަ ކުޅުންތެރިއެއް ކަމަށާއި މި އެވޯޑަކީ އޭނާ އަށް ހައްގު އެއްޗެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
