
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދަށްވެ އައިސީޔޫގައި އޮތްއިރު ވެންޓިލޭޓަރަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަމަށް ބެލެވިދާނެ ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން ބުނެފިއެވެ. މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގާއި ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަދައްކަމުން ސުޒެއިން ބުނެފައިވަނީ ލީގުގައި ވާދަކުރަމުންދާ ޓީމުތަކަކަކީ މޮޅެތި ޓީމުތަކެއްކަމަށް ގަބޫލުކުރާކަމަށެވެ. މިގޮތުން ވަރުގަދަ ހަތްވަރަކަށް ޓީމު އެބައުޅޭކަމަށާއި މިއީ ޖެހިލުންވާވަރުގެ ޓީމުތަކެއްކަމަށް ސުޒެއިން ފާހަގަކުރިއެވެ. ސުޒެއިން ބުނީ މިމުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ވަކި ޓީމެއްވެގެން އިދިކޮޅުން ޖެހިލުންވެ ފަހަތަށް އަރާ ކުޅެންޖެހޭ ފެންވަރުގެ ޓީމެއް ނެތްކަމަށާއި މިއީ ވާދަވެރި މުބާރާތަކަށް ވެގެންދާނެކަމަށެވެ.
“އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއްގޮތަކަށްވެސް ދެތިން ޓީމެއް އުޅޭފާނެ ކަންނޭނގެ އެނޫނީ މިލީގުގައި މިއޮތީ ވަރަށް ވަރުގަދަ ހަޓީމު ހަތް ޓީމުވަރު މިއޮތީ. އެހެންވީމަ ފަހަތަށްޖެހި ވަކި ނިއުރޭޑިއަންޓު ވެގެން ނޫނިއްޔާ މާޒިޔާވެގެން ފަހަތަށްޖެހި ޑިފެންސްކޮށްގެން ކުޅެން ދެން އެކި މެޗުގައި އެކި ވިސްނުން ހުންނާނީ. އެހެންނަމަވެސް އެގޮތަށް ކުޅެފާނެކަމަކަށް ގަބޫލެއް ނުކުރަން. އެއީ އެއަށްވުރެ ލީގު ތަންކޮޅެއް ވާދަވެރިކޮށް މިފެންނަނީ މިފަހަރު” ސުޒެއިން ބުންޏެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ބަލާއިރު އޮޑި ސްޕޯޓްސް ކުލަބު ފެންނަނީ ތަފާތު ވަރުގަދަކޮށްކަމަށް ސުޒެއިން ފާހަގަކުރިއެވެ. އޭގެ އިތުރުން މާޒިޔާއަކީ ރާއްޖޭގެ ފުޓުބޯޅައިގެ ކުލަ ފަނޑުވެގެން ދިޔަ ދުވަސްތަކުގައިވެސް އާދަވެ ކުޅެމުން ގެންދިޔަ ކުލަބެއްކަމަށް ސުޒެއިން ބުންޏެވެ. ސުޒެއިން ބުނީ ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ދަށްވެ އައިސީޔޫގައި އޮތްއިރު ވެންޓިލޭޓަރަކީ މާޒިޔާކަމަށް ބެލެވިދާނެކަމަށެވެ. ރާއްޖޭގެ ގައުމީ ޓީމުވެސް ހިފެހެއްޓުނީ މާޒިޔާގެ މަސައްކަތުންކަމަށް ސުޒެއިން ފާހަގަކުރިއެވެ. އަދި ބުރު ސްޕޯޓްސްގެ ޓީމަކީވެސް ވަރަށް ހިތްވަރުކުރާ ވަރުގަދަ ޓީމެއްކަމަށާއި އެހެންކަމުން މިފަހަރުގެ ލީގުން ފެނިގެންދާނީ މޮޅެތި ޓީމުތަކެއްކަމަށް ސުޒެއިން ބުންޏެވެ.
“ފެންނަ ފެނުމަށް ބަލާއިރު އޮޑި މިފެންނަނީ ތަފާތު ވަރުގަދަކޮށް، މާޒިޔާ ހަމަ އާދަވެ މިދިޔަ ތިން އަހަރު މެދުނުކެނޑި ރާއްޖޭގެ ފުޓުބޯޅަ އައިސީޔޫގައި އޮތް އިރު ވެންޓިލޭޓަރަކީ މާޒިޔާކަމަށް ބަލަމާ ހިނގާ. އެއީ ރާއްޖޭގެ ގައުމީ ޓީމުވެސް ހިފެހެއްޓުނީ ހަމަ މާޒިޔާގެ މަސައްކަތުންނޭ ހަމަ ދަންނަވަންޖެހެނީ. އޭރުގައި މާޒިޔާ އިން އޭތި މެދުކަނޑާނުލާ ގެންދިއުމުގެ ސަބަބުން ގައުމީ ޓީމު ކިރިޔާވެސް ހިފެހެއްޓުނީ އޭރު. އެހެންވީމަ އެގޮތަށް ބަލާއިރު ވަރަށް ވަރުގަދަކޮށް މިފަހަރު ޓީމުތައް މިއޮތީ” ސުޒެއިން ބުންޏެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވަރުގަދަ މެޗުތަކެއް ފެނިގެންދާނެކަމަށް ގަބޫލުކުރާކަމަށް ސުޒެއިން ބުންޏެވެ. އެހެންކަމުން މިމުބާރާތުގައި ނިއުރޭޑިއަންޓުންވެސް މަސައްކަތްކުރާނީ މޮޅެތި މެޗުތަކެއް ކުޅެ ދެން ތިބި ޓީމުތަކާއި ފައިހަމަކޮށްލުމަށްކަމަށް ސުޒެއިން ފާހަގަކުރިއެވެ. ސުޒެއިން ބުނީ މިމުބާރާތާއި އެކު ފުޓުބޯޅައަށް އިހު އޮތް ފޯރި އަލުން ގެނައުމަށް ހުރިހާ ޓީމުތަކަކުން މަސައްކަތްކުރަމުން އަންނަކަމަށެވެ. މިގޮތުން ލީގު ފޯރި އަލުން ގެނެވިއްޖެނަމަ ރާއްޖޭގެ ފުޓުބޯޅައަށް ދިރުން ލިބިގެންދާނެކަމަށް ގަބޫލުކުރާކަމަށް ސުޒެއިން ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވި ކަޅު ދުވަސްތަކަކަށްފަހު ލީގެއް ނުބޭއްވި ދިގު މުއްދަތެއް ފާއިތުވުމަށްފަހު ރާއްޖޭގެ އެންމެ މޮޅު 10 ޓީމު ވާދަކުރާ ދިރާގު ދިވެހި ޕްރިމިއަރ ލީގު މިމަހުގެ 18 ވަނަ ދުވަހުވަނީ ފަށާފައެވެ. މިމުބާރާތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، މިއީ ދިވެހި ފުޓުބޯޅަ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދޭނެ އީދަކަށް ވެގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
