
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބުރު ސްޕޯޓްސް ކުލަބަކީ މޮޅު ޓީމެއް ކަމަށާއި، އެ ޓީމާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ވާދަވެރި މެޗަކަށްފަހު ކާމިޔާބީ ހޯދުމުގެ އަޒުމުގައި ކަމަށް އެ ޓީމުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ. މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ކޯޗު ހެނާންޑޭޒް ބުނީ ބުރު ސްޕޯޓްސް ކުލަބަކީ އެންމެ ފަހު ވަގުތާ ހަމައަށްވެސް ހިތްވަރުކުރާ މޮޅު ޓީމެއްކަމަށެވެ. މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ޓީމު އޮތީ ތައްޔާރަށްކަން ފާހަގަކުރަމުން ކޯޗު ބުނީ މާޒިޔާގެ ކުޅުމަށް މާބޮޑު ބަދަލެއް ނުގެންނާނެކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ޓީމާމެދު ހުޝިޔާރުވެ ތިބޭނެކަމަށް ކޯޗުވަނީ ބުނެފައެވެ.
“މެޗަށް ތައްޔާރުވުމުގެ ކަންކަން ކުރަމުން މިދަނީ ކުރިންވެސް އެކަން ކުރަމުން އަންނަ ގޮތަށް. އެހެންނަމަވެސް ކުރިއަށް އޮތް މެޗަށް މާޒިޔާ ނުކުންނާނީ ހުރިހާ ފޯކަހެއް ބުރު ސްޕޯޓްސްއަށް އަމާޒުކޮށްގެން ތިބެ. ސަބަބަކީ އެޓީމުން މިހާރު ދައްކަމުން އަންނަނީ މޮޅު ކުޅުމަކަށްވުން. އެއް މެޗު ކާމިޔާބުކޮށް، އަނެއް މެޗުން އެއްވަރުވެފަވީ ނަމަވެސް އެއީ ފަހު ވަގުތާ ހަމައަށްވެސް ހިތްވަރުކުރާ ޓީމެއް. ބުރުން މިމެޗު ކާމިޔާބުވެސްކޮށްފާނެ. އެހެންވީމަ މިމެޗުވެގެންދާނީ މޮޅު މެޗަކަށް. އެހެންނަމަވެސް މާޒިޔާއިން މާދަމާރޭ ދަނޑަށް އަރާނީ އިދިކޮޅު ޓީމު ބަލިކޮށް މިމެޗުވެސް ކާމިޔާބުކުރުމުގެ އަޒުމުގައި” މާޒިޔާއާއެކު ކާމިޔާބީތައް ހޯދަމުން އަންނަ ކޯޗު ބުންޏެވެ.
ނޫސްވެރިންނާއި ވާހަކަދައްކަމުން ކޯޗު ބުނީ މާޒިޔާގެ ޓީމަށްވެސް އަނިޔާގެ މައްސަލަތައް ކޮންމެވެސް ވަރަކަށް ކުރިމަތިވެފައިވާކަމަށެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން ޓީމުންވަކިވުމާއި ގުޅިގެން ޓީމު އެއްފޯމެއްގައި ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ކޯޗު ފާހަގަކުރިއެވެ. އަދި މާޒިޔާއަކީ އަބަދުވެސް އެންމެ ފެންވަރު ރަނގަޅު ޓީމުގެ ގޮތުގައި ބޭއްވުމަށް ދުރު ރާސްތާ ޕްލޭނަކަށް މަސައްކަތްކުރަމުން އަންނަކަމަށް ކޯޗު ހާމަކުރިއެވެ. “ފާއިތުވެދިޔަ ދުވަސްތަކުގައި ޓީމުގެ ބައެއް ކުޅުންތެރިން ޓީމާއި ވަނީ ވަކިވެފަ. އަދި ޓީމުގައި އަނިޔާގެ މައްސަލަތައްވެސް އެބައުޅޭ. އެހެންކަމަށްވިޔަސް މިހާލަތުން އަރައިގަނެ ޓީމު އެއްވަރެއްގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއްމިދަނީ ކުރަމުން. އަދި މިހާރުގެ ސްކޮޑުގެ ފެންވަރުވެސް އިތުރަށް މަތިކުރުމަށް މަސައްކަތްތަކެއް އެބަ ކުރެވޭ. މިއީ މުސްތަގުބަލަށް ވިސްނައިގެން ކުރަމުންގެންދާ މަސައްކަތެއް” ހެނާންޑޭޒް ބުނެފަވެއެވެ.
މާޒިޔާއަކީ ޒުވާން ކުޅުންތެރިން ގިނަ ޓީމެއްކަން ފާހަގަކުރަމުން ކޯޗު ބުނީ މުސްތަގުބަލަށް ބަލާއިރު މިކުޅުންތެރިންނަކީ ރަނގަޅު ފެންވަރަކަށް ގެނެވޭނެ ކުޅުންތެރިންކަމަށް ގަބޫލުކުރާކަމަށެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ޕޮއިންޓު ތާވަލަށް ބަލާއިރު މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ މާޒިޔާވަނީ 6 ޕޮއިންޓާއެކު ތާވަލުގެ ކުރިން ޖާގަ ހޯދާފައެވެ. އަދި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް އަނެއް މެޗުން އެއްވަރުވެފަވާ ބުރު ސްޕޯޓްސްއަށް ލިބިފަވަނީ 4 ޕޮއިންޓެވެ. މިމުބާރާތުގައި މާޒިޔާ އަދި ބުރު ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 09:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
