
ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާއި ދެމެދު އިންޖީނުގެއާއި އޮފީސް އިމާރާތްތަކަށް 61 މިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް، އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލެއް ނުވަތަ ރެކޯޑެއް ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފްތާގައި ނެރުނު ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުގައި ފެނަކައިން އިން-ހައުސްކޮށް ކުރިއަށް ގެންދިޔަ 57 ޕްރޮޖެކްޓަށް 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ޖުމްލަ 1،069،248،952 ރުފިޔާގެ ހަރަދު ހިނގާފައިވީ ނަމަވެސް، އެ ތާރީހާ ހަމައަށް މީގެ ތެރެއިން 31 ޕްރޮޖެކްޓުގެ މަސައްކަތުގެ 50 އިންސައްތަ ވެސް ނިމިފައެއް ނުވެއެވެ. އިން-ހައުސްކޮށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކަށް ހިނގި ހަރަދަށް ބަލާއިރު، ކޮންމެ ޕްރޮޖެކްޓަކަށް އެވްރޭޖްކޮށް 18،758،754 ރުފިޔާ 2024 ވަނަ އަހަރުގެ ނިޔަލަށް ހަރަދުވެފައިވާ ކަމަށާއި ނަމަވެސް އެޕްރޮޖެކްޓްތަކުގެ މާކެޓް އަގުތައް ކަމުގައި ބަލާނަމަ، ކޮންމެ ޕްރޮޖެކްޓެއް ނިންމުމަށް ހަރަދުވާނެ ކަމަށް ބެލެވެނީ 9،527،629 ރުފިޔާ ކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ.

އޮޑިޓުގައި ބުނީ، އިން-ހައުސް ޕްރޮޖެކްޓްތަކަށް 1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އިންޖީނުގެއާއި އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން 61،575،423 ރުފިޔާގެ ހަރަދުތައް އެއީ ކޮން ޕްރޮޖެކްޓްތަކަށް ކުރި ހަރަދެއްކަން އެނގޭ ގޮތަށް ރެކޯޑް ބަލަހައްޓާފައެއް ނުވާ ކަމަށެވެ. މި ހަރަދުތަކުގެ ތެރޭގައި 1 ޕްރޮޖެކްޓަށްވުރެ ގިނަ ޕްރޮޖެކްޓްތައް ހިންގާފައިވާ ރަށްތަކުގެ މުސާރަ ޝީޓުތަކުން މުވައްޒަފުން މަސައްކަތް ކުރި ޕްރޮޖެކްޓް އެނގެން ނެތުމުން އެ ރަށްރަށުގައި ހިންގި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރި މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ހަރަދުކޮށްފައިވާ ޖުމްލަ 38،493،823 ރުފިޔާ އާއި ޕެޓީ ކޭޝް ރިޕޯޓުތަކުން ކޮން ޕްރޮޖެކްޓަކަށް ކުރި ހަރަދެއްކަން ވަކި ނުކުރެވޭ 145،718 ރުފިޔާގެ ހަރަދު ހިމެނޭ ކަމަށް އޮޑިޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އިން-ހައުސް ޕްރޮޖެކްޓްތަކުގެ ބޭނުމަށް ގަނެފައިވާ 22،935،883 ރުފިޔާގެ ތަކެއްޗާ ގުޅޭ “ޖޮބްކޯޑް” ނުވަތަ ޕްރޮޖެކްޓް ކޯޑު ސިސްޓަމަށް އަޅާފައި ނުވާއިރު، އެ ހަރަދުތަކާއި ގުޅޭ ޕޭމަންޓް ވައުޗާއެއްކޮށް ހިމަނާފައިވާ ލިޔެކިޔުންތަކުން އެ ހަރަދުތައް ހިމަނަންޖެހޭ ޕްރޮޖެކްޓް އެނގެން ނެތް ކަމަށް ވެސް އޮޑިޓުގައި ވަނީ ބުނެފައެވެ. އޮޑިޓުގައި ބުނީ، ޕްރޮޖެކްޓްތައް ހިންގުމަށް ކުރި ހަރަދުތަކުގެ ތެރެއިން ބައެއް ހަރަދުތައް ހިމަނަން ޖެހޭ ވަކިވަކި ޕްރޮޖެކްޓް އެނގޭ ގޮތަށް ރެކޯޑް ބަލަހައްޓަމުން ނުގެންދާނަމަ އިން-ހައުސް ޕްރޮޖެކްޓްތަކުގެ ގޮތުގައި ފެނަކައިން ކުރިއަށް ގެންގޮސްފައިވާ ވަކިވަކި ޕްރޮޖެކްޓްތަކަށް ހިނގާފައިވާ ޖުމްލަ ހަރަދު އެނގެން ނެތުމާއި، ވަކިވަކި ޕްރޮޖެކްޓްތައް ހިންގުމަށް އެކަށީގެން ނުވާވަރުގެ ބޮޑު ހަރަދެއް ހިނގި ނަމަވެސް އެކަން ފާހަގަ ނުކުރެވި ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
