
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހުމަދު ސައީދު އެމަގާމުގައި ހުންނެވި ދުވަސްވަރު، ކަރަންޓް ކޭބަލާއި ޖެނެރޭޓަރު ސެޓާއި ޓްރާންސްފޯމަރު ގަތުމަށާއި އެނޫން ވެސް ތަކެއްޗާއި ހިދުމަތް ހޯދުމަށް ބީލަމުގެ އުސޫލުން ބޭރު 1 ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުގައި ފެނަކައަށް ބޭނުންވާ ޖެނެރޭޓަރު ސެޓާއި، ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތަށް ބެނުންވާ ތަކެތި ގަތުމާއި މަސައްކަތް ހަވާލުކުރުމަށް 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް 673 އެއްބަސްވުމެއްގެ ދަށުން 2،237،987،358 ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާއި ހަވާލުކޮށްފައިވެއެވެ. އޭގެ ތެރެއިން 438 އެއްބަސްވުމުގެ ދަށުން 1،371،472،896 ރުފިޔާގެ މުދަލާއި ހިދުމަތް ހޯދުމުގެ މަސައްކަތް އެކި ފަރާތްތަކާއި ހަވާލުކޮށްފައިވަނީ އާންމުން ބީލަމުގެ އުސޫލުން ބޭރުން، މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާނު ނުކޮށް، މައިގަނޑު ގޮތެއްގައި ދެތިން ފަރާތުން އަގު ހޯދައިގެން ފެނަކައިގެ ޑައިރެކްޓް ޕާޗޭސް ކޮމިޓީޏް މަސައްކަތް ހަވާލުކުރާނެ ފަރާތް ކަނޑައަޅައިގެންކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓުގައި ބުނީ ފެނަކައަށް ބޭނުންވާ ޖެނެރޭޓަރު ސެޓާއި، ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތް ހަވާލުކުރުުމަށް 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އާންމު ބީލަމުގެ އުސޫލުން ބޭރުން ހަވާލުކުރި 438 އެއްބަސްވުމުގެ ތެރެއިން 384 އެއްބަސްވުމުގެ ދަށުން މުދަލާއި ހިދުމަތް ފޯރުކޮށްދޭނެ ފަރާތްތައް ކަނޑައަޅާފައިވާ ގޮތް އޮޑިޓް ސާމްޕްލިން އުސޫލުން ބެލިއިރު، އޭގެ ތެރެއިން 185 އެއްބަސްވުމުގެ ދަށުން 895،640،937 ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާންމު ބީލަމުގެ އުސޫލުން ބޭރުން އިމަޖެންސީ އުސޫލުން މަސައްކަތް ހަވާލު ކުރަން ޖެހޭ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫންކަން ފާހަގަވާ ކަމަށެވެ.
ކުންފުންޏަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގެ މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ކަނޑައެޅުމުގެ ކަންކަން ވާދަވެރި ބީލަމުގެ އުސޫލުން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދާނަމަ، ހަމަހަމަ ފުރުސަތު ގާބިލު ފަރާތްތަކަށް ނުލިބުމާއި ކުންފުންޏަށް އެންމެ މަންފާ ހުރި ގޮތެއްގައި މުދަލާއި ހިދުމަތް ހޯދުމުގެ ފުރުސަތު ގެއްލި ކުންފުންޏަށް ބޭނުންވާ މުދަލާއި ފައިސާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ކުންފުނި ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކެއްގެ އަމިއްލަ މަސްލަހަތަށް އިސްކަންދީގެން ވަކި ފަރާތްތަކަކަށް ނާޖައިޒު މާލީ މަންފާ ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
