
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޑްރާފްޓް މަސައްކަތްތައް ނިންމައި، މިހާރު ކުރަމުންދަނީ މަޖިލީހަށް ހުޅައެޅުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހުރިއްޔާ ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތ.ގުރައިދޫގައި ހުންނަވާ ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ވަޖެޓު ތަރައްޔާރުކުރުމަށް ހުރިހާ ވުޒާރާތަކާއި ސަރުކާރުގެ ކަމާބެހޭ އޮފިސްތަކާ ބައްދަލުކޮށް، ޓެކްނިކަލް މަރުހަލާގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވާކަމަށެވެ. އެގޮތުން މާލީ ވުޒާރާގެ ފިސްކަލް އެފެއަރސް ޑިޕާޓްމަންޓާއި، ރައީސް އޮފީހުގެ ޕޮލިސީ އޮފީހާ ގުޅިގެން، ބަޖެޓުގެ ފުރަތަމަ ޑްރާފްޓް އެކުލަވަލާލުމުގެ ހުރިހާ މަސައްކަތްތައްހެން މިހާރު ނިމިފަވާކަމަށާއި، މި ހަފްތާގެ ތެރޭގައި ފުރަތަމަ ޑްރާފްޓް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް މަސައްކަތްކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޝެޑިއުލާ އެގޮތަށް ބަޖެޓުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަށް ބަޖެޓުގެ ޑްރާފްޓް އެރުވުމަށްފަހު، ވަޒީރުންނާ ކަމާގުޅުންހުރި އިދާރާތަކާއެކު އެއާ ގުޅޭ ފައިނަލް މަރުހަލާގެ މަސައްކަތްތައް ފައްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ވަކިވަކި ވުޒާރާތަކާ އިދާރާތަކުން، އަންނަ އަހަރަށް ބަޖެޓު ކަނޑައެޅުމާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ނިމިފަވާކަމަށެވެ. އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅަނީ ކިހާ ޢަދަދެއްގެ ބަޖެޓެއްކަމެއް ސަރުކާރުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

(ފޮޓޯ ކްރެޑިޓްސް: މިހާރު)
ބަޖެޓުގައި ހިމަނާ ޚަރަދުތަކުގެތެރޭގައި ރިކަރަންޓް ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތައް ހިމެނެއެވެ. އެގެތެރޭގައި ސަރުކާރުގެ މަހުން މަހަށް ހިންގުމުގެ ޚަރަދުތަކާއި މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާ ޚަރަދުތަކާގެ އިތުރުން ލޯނު ދެއްކުމުގެ ޚަރަދުތައް ހިމެނެއެވެ. އަދި ބަޖެޓުގައި، ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާނެ ޢަދަދުތައްވެސް ހިމަނާނެއެވެ. ބަޖެޓާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މުޅި ރާއްޖެ ޑިޖިޓަލައިޒްކުރަން ސަރުކާރުން ހިންގާ “މޯލްޑިވްސް 2.0” މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓްގައި އިސްކަން ދެއްވާނެކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައިވެސް ބޯހިޔާވަހިކަމަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅުއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޤާނޫނުގައިވާގޮތުގެ ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އަހަރު ނިމުމުގެ ދެ މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންޖެހެއެވެ. އަދި ބަޖެޓު ފާސްކުރާނީ މުޅި މަޖިލިހާ އަދި ކޮމިޓީ މަރުހަލާގައި ބަހުސްތައް ބޭއްވުމަށްފަހުގައެވެ. ހިނގަމުންދާ އަހަރަށް ސަރުކާރުން 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއެވެ. ސަރުކާރުން މި ވޭތުވެދިޔަ 2 އަހަރު އެންމެ ބޮޑު ޢަމާޒެއް ކަނޑައެޅީ، ދަރަނިތައް އަދާކުރުމަށެވެ. އެ މަސައްކަތް ގެންދިޔައީ ރައްޔިތުންނާއި ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ބުރަ އުފުލަން ނުޖެހޭގޮތަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކަކީ ޢުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެ އަހަރުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފަވެއެެވެ.
ޚާއްސަކޮށް ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި މަސައްކަތްތަކެއް ގެންދިއުމަށް ސަރުކާރުން ނިންމަވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
