
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިންމައި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މަގުގެ މަސައްކަތް ފަށްޓާނެކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެކުންފުނިން މަސައްކަތްކުރަނީ ކުރިއަށް އޮތް ދެ މަސްދުވަހުގެތެރޭގައި ސެގްމަންޓް 1ގެ ހުރިހާ މަސައްކަތްތައް ނިންމުމަށެވެ. ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްގެންދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ. އޭގެތެރެއިން ފުރަތަމަ ސެގްމަންޓްގައި ކުރިއަށްގެންދަނީ ލޯކަލް މާރުކޭޓުން ފެށިގެން، ރަސްމީ ފާލަމާ ހައަށް ހިމެނޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތެވެ. އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓްސް މެނޭޖަރ ޝަރުވަސް ޢަބްދިﷲ ފާއިޒް ވިދާޅުވީ ބަނދަރުގެ ޝީޓްޕައިލްކޮށް ނިމި، މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައްކަމަށެވެ. މިގޮތުން ފުރަތަމަ ސެގްމަންޓްގައި 132 މީޓަރުގެ ސަރަހައްދުގައި ޝީޓްޕައިލްކޮށްފަވެއެވެ.
“އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކުރިއަށް އޮތް 6 ދުވަސްތެރޭ ނިމޭނެ. އެއަށްފަހު މި ފަށާ މަހުގައި މި ފަށަނީ މަގުގެ މަސައްކަތްތައް. ހޮޅި ވަޅުލުމާ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމާއި ތާރުގެ މަސައްކަތްތައް. އޭގެ ޢަމަލީ މަސައްކަތްތައް ހަފްތާއެއްހާ ދުވަސްތެރޭ ފަށާނަން.” ޝަރުވަސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ޝަރުވަސް ވިދާޅުވީ މަސައްކަތްތައް ޓައިމްލައިނަށްވުރެ ބާރަށް މަސައްކަތް ކުރިއަށްދާކަމަށެވެ. “މަގުގެ މަސައްކަތްތައް ދެން މިފަށަނީ. ތާރުއެޅުމުގެ ހުރިހާ މަސައްކަތްތަކަކާއެކު، ކުރިއަށްއޮތް ދެމަހެއްހާ ދުވަސްތެރޭ މަސައްކަތްތައް ނިންމާލުން އަމާޒަކީ. އެގޮތަށް މަސައްކަތްތައް ދަނީ.” ޝަރުވަސް ވިދާޅުވިއެވެ. ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގުގެ ޖުމްލަ 830 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭގޮތަށެވެ. ފުރަތަމަ ސެގްމަންޓްގައި މަގު ފުޅާކުރުމަށް ބައެއް ވަނީ ހިއްކާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ. މިއީ މާލޭގެ އެންމެ މުހިންމު އަދި ކާރޫބާރޫ ބޮޑު އެއް ސަރަޙައްދެވެ. މާލޭގެ މަލަމައްޗެވެ. އަދި ގިނަ އޮފީސްތަކެއް ހިމެނޭ ސަރަޙައްދެއްގެ އިތުރުން، މިއީ މާލެއަށް ދަތުރުކުރާ ގިނަ ކަނޑު އުޅަނދުތައްވެސް ބޭނުންކުރާ މައި ސަރަޙައްދެކެވެ. ބަނދަރު ސަރަހައްދު ބޭނުންކުރުމުގައި ވަގުތީގޮތުން ބައެއް ބަދަލުތައްވެސް ވަނީ ގެނެސްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
