
(ފޮޓޯ ކްރެޑިޓްސް: ހައުސިންގ މިނިސްޓްރީ)
ޅ. ނައިފަރުން 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ނައިފަރަކީ ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމަވާފަވާ ރަށެވެ. އެމްޓީސީސީއާ ހަވާލުކޮށްފަވަނީ ނައިފަރުގެ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. މިކަމުގެ މަސައްކަތުގެ އެއްބަސްވުމުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.
މި މަސައްކަތުގެދަށުން އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 44.8 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރުމަށެވެ. އަދި ހިއްކި ބިން ޙިމާޔަތްކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެން ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެން ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ. މި މަސައްކަތް ހަވާލުކޮށްފަވަނީ 1 އަހަރާ 9 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 679 މިލިއަން ރުފިޔާއަށެވެ.

(ފޮޓޯ ކްރެޑިޓްސް: ހައުސިންގ މިނިސްޓްރީ)
ނައިފަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގައި 7 އަރބަން ސެންޓަރު ތަރައްޤީކުރުމަށް ކަނޑައަޅާފަވާ ރަށްތަކުގެތެރެއިން 1 ރަށެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުން އެންމެ ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބޭގޮތަށް ތަރައްޤީކުރާ ސަރަޙައްދީ ރަށްތަކެކެވެ. އެމްޓީސީއާ ހަވާލުކޮށްގެން މިވަގުތުވެސް 21 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެރަށުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. އަދި ރައްޔިތުން އެދޭ މިންވަރަށް ބިންހިއްކުމުގެ މަޝްރޫޢު ނިމޭ އިރު، 45 ހެކްޓަރު ބިން ހިއްކައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ މިދިޔަ އަހަރުގެ މަރޗްމަހު، ނައިފަރަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވެފަވަނީ، ނައިފަރާއި އެސަރަޙަށް ގެންނަން ބޭނުންވާ ސަރަޙައްދީ ތަރައްޤީ ގެނެވޭނީ، އެކަމަށް ބޭނުންވާ ބިން ތަނަވަސްވެގެންކަމަށެވެ. އަރަނބަން ސެންޓަރުތަކަކީ ބޮޑެތި އާބާދީތަކަށް ޚިދުމަތް ދެވޭގޮތަށް، ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީކުރާ ރަށްތަކެކެވެ.
ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދެއެވެ. އެއީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ، 21 ހެކްޓަރު ހިއްކުމުގެ މަސައްކަތެވެ. އަދި މީގެ 20 އަހަރުކުރިން، 2004ވަނަ އަހަރު އެރަށުން 16 ހެކްޓަރުގެ ބިން ހިއްކުއެވެ. އަދި އެ ބިމުގައި ހައުސިން ޔުނިޓް ތަރައްޤީކުރުމާއި ގޯތިވެސް ދޫކޮށްފައެވެ. ނަމަވެސް މިއީ އާބާދީ ބޮޑު، އާބާދީ އިތުރުވަމުން އަންނަ ރަށަކަށްވުމައެކު ބިމުގެ ބޭނުން ބޮޑެވެ. ނައިފަރުގެ އަބާދީ މިހާރުވެސް 5700އަށްވުރެ ބޮޑެވެ. ބިން ހިއްކުމުގެ މަސައްކަތާއެކު، ބޯހިޔާވަހިކަމާ އަދި ސިނާޢީ މަސައްކްތަކަށްވެސް ފުރުޞަތު ހުޅުވިގެންދާނެއެވެ. އަދި ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ ބިންވެސް ލިބިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
