
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ. މި ހުކުމް އިއްވީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުންތަކެއްގެ ދަށުން މަސައްކަތް ފުރިހަމަ ނުކޮށް ފައިސާ ދިން މައްސަލައިގަ އެވެ. މިކަމުގެ ސަބަބުން ދައުލަތަށް 805،600ރ. ގެ ގެއްލުމެއް ވެފައިވެ އެވެ. ސައީދުގެ މައްޗަށް ކުރެވުނު ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުމުން، ދައުލަތުން އެދުނީ ކުށުގެ އަސާސީ އަދަބު (1 އަހަރާއި 7 މަހާއި 6 ދުވަސް) ކަނޑައެޅުމަށެވެ. ނަމަވެސް ސައީދު އެދުނީ، މީގެ ކުރިން ކުށެއް ސާބިތުވެފައި ނުވާތީ އަދި ގާނޫނީ ލަފަޔެއްގެ މައްޗަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އަދަބު ދަށްކޮށް، ޖަލު އަދަބުގެ ބައެއް ޖޫރިމަނާއަށް ބަދަލުކުރުމަށެވެ.
ނަމަވެސް، އިސް ގާޒީ އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ދޭ ކުންފުނިތަކުގެ ވެރިން ކޮރަޕްޝަން ހިންގުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ކުންފުނިތަކުގެ ހަރަދު ބޮޑުވެ، އެ ބުރަ އުފުލަންޖެހެނީ ރައްޔިތުންނަށް ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތަކުގައި އަދަބު ލިބޭތަން ނުހަނު މަދުން ފެންނައިރު، ލިބޭ އަދަބު ވެސް ކުޑަވުމުން، މިފަދަ އަމަލުތައް ހިންގާ މީހުންނަށް ހިތްވަރު ލިބޭ ކަމަށް ވިދާޅުވެ އެވެ. މި ސަބަބުތަކަށްޓަކައި، ކުށާ ގުޅިގެން ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމަށްވާ ހަތަރު އަހަރުގެ ޖަލު ހުކުމް ސައީދުގެ މައްޗަށް އިސް ގާޒީ ވަނީ އިއްވާފަ އެވެ. މި މައްސަލައިގައި ދައުވާ ކުރެވުނު މަރްޔަމް ދީނާ ސާލިހްގެ މައްޗަށް ހުކުމް އިއްވުން، އޭނާގެ ބަލި ހާލަތުގެ ސަބަބުން ފަސް ދުވަހަށް ފަސްކޮށްފައިވެ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
