
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ޑިސެމްބަރު ބަންދާއި ދިމާކޮށް ގައުމީ އެއަރލައިން މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދެ މަންޒިލަކަށް ޚާއްސަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ. މޯލްޑިވިއަނުން އަބަދުވެސް ދަނީ ސްކޫލް ބަންދާއި ދިމާކޮށް ޚާއްސަ ދަތުރުތައް ބާއްވަމުންނެވެ. މޯލްޑިވިއަނުން ވިދާޅުވީ، ސްކޫލް ބަންދާއި ދިމާކޮށް ތައިލޭންޑްގެ ބެންކޮކް އަދި މެލޭޝިއާގެ ކުއަލަލަންޕޫރަށް ޚާއްސަ ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުތައް އޮންނާނީ ޑިސެމްބަރު އަދި ޖަނަވަރީ މަހުގައެވެ. މޯލްޑިވިއަނުން ވިދާޅުވީ މި މުއްދަތުގެ ތެރޭގައި އެ ދެ މަންޒިލަށްވެސް ހަފްތާއަކު 1 ފްލައިޓް އޮންނާނެކަމަށެވެ. ކުއަލަލަންޕޫރަށް ދަތުރުކުރާނީ ކޮންމެ އާދިއްތަ ދުވަހެއްގައެވެ. މި ދަތުރުތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 335 ޑޮލަރުގައެވެ.
ބެންކޮކްއަށްވެސް ހަފްތާއަކު 1 ދަތުރުކުރާއިރު ދަތުރު އޮންނާނީ އަންގާރަ ދުވަހުއެވެ. މި ދަތުރުތަކުގެ ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 399 ޑޮލަރުގައެވެ. މޯލްޑިވިއަނުން ވިދާޅުވީ، މި ދަތުރުތަކަކީ ސީދާ ދަތުރުތަކެއްކަމަށެވެ. މޯލްޑިވިއަނުން އަބަދުވެސް ދަނީ ސްކޫލް ބަންދާއި ދިމާކޮށް ދިވެހިންގެ މެދުގައި މަގްބޫލު މަންޒިލްތަކަށް ޚާއްސަ ދަތުރުތައް ބާއްވަމުންނެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން މިވަގުތު ޝެޑިއުލް ދަތުރުތައް ކުރަމުންދަނީ ބައިނަލްއަޤްވާމީ 2 ގައުމެއްގެ 5 މަންޒިލަކަށެވެ. އެއީ ޗައިނާގެ 3 ސިޓީއަކާއި އިންޑިއާގެ 2 ސިޓީއެކެވެ.
މޯލްޑިވިއަނުން ދަނީ އެ ކުންފުނީގެ ދަތުރުތައް ބައިނަލްއަޤްވާމީ ގިނަ ގައުމުތަކަކަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން ވަނީ ދާދިފަހުން ދެކުނު ކޮރެއާއަށް އެ ކުންފުނީގެ ދަތުތައް ފުޅާކުރުމަށް އެޖެންޓެއް ހޯދުމަށްވެސް އިއުލާންކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
