
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފެނަކައިގެ ކޮރަޕްޝަނަކީ އެމްޑީޕީ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ ކުޑަ މިންވަރެއް ކަމަށާއި، ކޮރަޕްޓު ޢަމަލުކުތަކުގެ ތެރެއިން މުޅި ނިޒާމު އެއްކޮށް މަސްހުނިކޮށްލިކަަމަށް ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައި މިވަނީ އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ފެނަކައިގެން ބޮޑު ޚިޔާނާތާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ފެނަކައިގެ ތެރެއިން އެތައް ބިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހަމަވެގެން ދިޔައީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެކުންފުނީގެ ޚާއްސަ އޮޑިޓް ރިޕޯޓުންނެވެ. މި ޚިޔާނާތް ހިންގީ އޭރުގެ ސަރުކާރަށް އެކަން ސާފުކޮށް އެނގިތިބެ އެއްވެސް ފިޔަވަޅެއް ނާޅައި ތިބެކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އަދި ސަރުކާރުގެ ތެރޭގައި ތިބި ބައެއް ފަރާތްތަކަށްވެސް އެކަމުގެ ފައިދާ ވެފައިވާކަން އޮޑިޓް ރިޕޯޓުން އެނގެން އެބައޮތެވެ.
މިމައްސަލައާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އެމްޑީޕީ ސަރުކާރުގެ ތެރޭގައި އޭރު ހިންގަމުން ދިޔަ ވައްކަންތަކަކީ ވެރިންނަށްވެސް އެނގިތިބެ ކުރި ކަންކަން ކަމަށާއި، އިންތިޚާބުތަކުގެ ދުވަސްވަރު ވެރިކަން ހޯދަން އުޅޭއިރު، ކިތަންމެ ގަދަޔަށް އެފަދަ ވާހަކަތައް ދެއްކިނަމަވެސް ވެރިކަން ލިބުމުން ކޮރަޕްޝަންގެ މައްސަލަތައް ނުބަލާކަމަށެވެ. ވަޒީރު ސަޢީދު ވަނީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރު ތެރެއިން ފެނަކައިގެ ކޮރަޕްޝަން މައްސަލަ ފެންމަތިވިނަމަވެސް އެކަން ނުބެލީކަމަށެވެ. އަދި އެފަދަ ޢަމަލުތަކަށް އޭރު ވެރިކަމުގައި ތިބިގެން ހިތްވަރުދިންކަން ހާމަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
“އޭރު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނަން ފޮނުވައިގެން ފާސްކުރެއްވި އޭސީސީގެ ރައީސް އޮތީ، ރައީސް ސާލިހުގެ ސަމާލުކަމަށް ކަޅާއި ހުދުން ފެނަކައިގައި ވައްކަން ހިންގާކަން. އެކަން ދޫކޮށް ނުލައްވާށޭ. ރައީސް ސާލިހަށް މިއަދު ޑިނައި ނުކުރެވޭނެ. ހަމަ އެގޮތަށް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސިޓީފުޅަކުން އެނގެވީމަ އެބޭފުޅާ ރައީސް އޮފީހަށް ބަދަލުކުރެއްވީ. އެއިން އެނގިގެންދަނީ މިކަންކަން ހިނގާފައިވަނީ ރައީސް ސާލިހުއަށްވެސް އެނގިގެންކަން” ޢީޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.

އަދުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ފެނަކަ ހިމެނޭހެން އެތައް ކުންފުންޏެއް ދަރުވާލާފައިވާ ކަމަށާއި، ކޯވިޑުގެ ނަމުގައި 8 ބިލިޔަން ރުފިޔާ ޗާޕް ކުރިއިރު، އެއިންވެސް ބޭނުންކުރީ މަދު އަދަދެއް ކަމަށް ވަޒީރު ސަަޢީދު ވިދާޅުވިއެވެ. މީގެ އިތުރުން ނުއަގުގައި އެތައް ކަމެށް ފަށައި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށް ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތަކެއް ހިންގި ކަމަށާއި އެކަންކަން ކުރަމުންދިޔައީ ވެރިކަމުގައި ދެމިތިބެވޭނެ ކަމުގެ އުންމީދުގައި ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. “ޕީޕީއެމް ސަރުކާރުން ޖަމަޢުކުރި އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ ރިޒާވް ދިޔައީ. ފެނަކައަށް އެކަނި ބެއްލެވިއަސް، މި ހުރިހާ ކޮރަޕްޝަންގެ ކަންކަމާއި ކުންފުނިތައް ދަރުވާލުމާއި ރިޒާވް ހުސްކޮށްލުމާއި، އެސްޑީއެފް ހުސްކުރުމާއި ދިވެހި ރުފިޔާގެ އަގުވައްޓާލުމާއި ނުކަތާ ވަރަށް ކަންތައްތައް ކޮށް ނުއަގުގައި ނެތް ފައިސާއިން ބަޖެޓުގައި ނުޖަހައި ކަންކަން މުޅި ހިންގުމު ނިޒާމު މަސްހުނިކޮށްލީ ” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ މުޅި ނިޒާމުގެ ތެރެއިން ހިންގާފައިވާ އެފަދަ އެތައް އަމަލެއް ފެންނަން ހުރިއިރު، އެއިން ކޮންމެ ކަމަކީވެސް ބަލަން ޖެހޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ތަހުޤީގުތަަކަށްފަހު ކޮރަޕްޝަންގެ އަމަލުތަކުގެ ގޮތުގައި ހިންގާފައިވާ ކަންކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުޞަތު ނުދޭނެކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އެފަދަ ޢަމަލެއް ސަރުކާރުގެ ތެރެއިން ހިނގާކަން އެނގިވަޑައިގަންނަވާނަމަ، އަވަސް އަދި ހަރުދަނާ ފިޔަވަޅު އަޅުއްވާނެކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
