
ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމު ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭގައި ތަރައްގީކުރި 4،000 ފުލެޓުތައް އެ ކޯޕަރޭޝަނުން އިއްޔެ ހަވާލުކުރަން ފަށައިފިއެވެ. މީގެ ދެ ހަފުތާއެއް ކުރިން މިމަހުގެ 11ގައި އެކޯޕަރޭޝަނުން ވަނީ، ޕޯޓަލް މެދުވެރިކޮށް، ފުލެޓުތައް ވެރިފަރާތާ ހަވާލުކުރަން ފަށާފައެވެ. މި 4000 ފްލެޓްގެ ތެރެއިން ފުރަތަމަ ހަވާލު ކުރަން ނިންމާފައިވަނީ އަމާން އުދަރެސްގެ ޓަވަރު 14ގެ ފްލެޓްތަކެވެ. އޭގެ ފަހުން، މިއަދު އެފްޑީސީން ބުނީ އަމާން އުދަރެސް ޓަވަރު 14ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޓަވަރުން އެންމެ ފުރަތަމަ ހަވާލުކުރާ ފުލެޓުގެ ތަޅުދަނޑި، އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ހަވާލުކުރައްވާފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޝަކީލް ވަނީ “އަމާން އަތްމަތީ ފޮތް” ވެސް އިފުތިތާހު ކުރައްވައިފައެވެ. އެ އަތްމަތީ ފޮތުގެ ޒަރިއްޔާއިން އަމާން ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް މުހިންމު މައުލޫމާތުތައް ލިބޭނެ ކަމަށް އެފްޑީސީން ބުންޏެވެ. އެ ކޯޕަރޭޝަނުން ވަނީ، ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 16:00 އާ ދެމެދު ކަމަށް ބުނެފަވެ. އަދި ތަޅުގަނޑި ހަވާލުކުރުމުގެ މަރުހަލާއާއި ހަވާލުކުރާ ދުވަސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެ ކަމަށް ބުންޏެވެ. ފްލެޓްތައް ހަވާލުކުރާއިރު އެ ތަންތަނުގައި މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ, ފެނާއި ނަރުދާމާގެ އިތުރުން ކަރަންޓްގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް އެފްޑީސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ، ފުލެޓުތަކަށް ބޮޑެތި ތަކެއްޗާއި ފަރުނީޗަރު އެރުވުމަށް ޚާއްޞަ އިންތިޒާމެއް ޕޯޓަލް މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ޚިދުމަތް ހޯދުމަށް، މާދަމާއިން ފެށިގެން، ޕޯޓަލް މެދުވެރިކޮށް ކުރިއާލާ ބުކިން ހެދުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް އެފްޑީސީން ބުންޏެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފެށައިފި#fahidhiriulhun #amaanmujathamuakah #emmengehihsaa pic.twitter.com/o6prrKSHrc
— Fahi Dhiriulhun Corporation Limited (@Fdc_mv) September 28, 2025
އެގޮތުން، އިމާރާތުގައި ތަކެތި ބެހެއްޓުމަށް ޚާއްޞަކޮށްފައިވާ ޖާގަ ބުކްކުރުމަށްފަހު، އެ ސަރަޙައްދުގައި ތަކެތި ބެހެއްޓުމުގެ ފުރުސަތު ލިބޭނެ ކަމަށް އެފްޑީސީން ބުންޏެވެ. އެ ކޯޕަރޭޝަނުން ބުނީ ޓަވަރުތަކުގައި މީހުން އާބާދުކުރުމުގެ މަރުޙަލާ އެގޮތަށް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަގުސަދަކީ، ޢާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު، ޓަވަރުގެ އާންމު ސަރަޙައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް، ފަސޭހަ އަދި އެކަށީގެންވާ ރޭވުންތެރި ގޮތެއްގައި އެ މަސައްކަތް ކުރިއަށްގެންދިޔުން ކަމަށެވެ. އެފްޑީސީން އަންނަނީ 4،000 ފުލެޓަށް އެއްބަސްވުން ހަދައި، ޑިޕޮސިޓްގެ ގޮތުގައި 25,000ރ. ނަގަމުންނެވެ. ފްލެޓްތައް ހަވާލު ކުރާނީ އެ ފައިސާ ދެއްކުމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މާލެ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް ގެދޮރުވެރިޔާ ސްކީމް ތައާރަފުކުރީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ މީހުންގެ ފުރަތަމަ ލިސްޓު ނެރުނީ ސަރުކާރުގެ އެންމެ ފަހު ދުވަސްތަކުގައެވެ.
އެ ލިސްޓުގައި މައްސަލަތައް އުޅޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެ. ފުލެޓު ދޫކުރުން ހުއްޓުވިއެވެ. މި ސަރުކާރުން އައިސް، އެ މައްސަލަ ބަލައި، އެއް އަހަރަށް ވުރެ ގިނަ ދުވަސް ފަހު އައު ލިސްޓެއް މި އަހަރު ނެރުނެވެ. އެ ލިސްޓަށް ފާޑުކިޔުން އަމާޒުވި ފަހުން ހައުސިން މިނިސްޓްރީން ވަނީ ފުލެޓް ދޭނީ ކުރީގެ ލިސްޓަށް ކަމަށް ބުނެފައެވެ. މި ސަރުކާރުގެ މިހާރު ފުލެޓުތައް ދޫކުރާ ގުޅޭ ގޮތުން ވެސް ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފުލެޓު ދީފައިވާ މައްސަލައެއް ފެންމަތިވިއެވެ. މީގެ އިތުރުން ގެދޮރުވެރިޔާ ފުލެޓުތައް ލިބުނު މީހުންގެ ހައްގުގައި މަސައްކަތް ކުރާ ފަހި ޔޫނިއަނުން ވަނީ 350 އެއްހައި ފްލެޓް، ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ބަޔަކު އެކި މީސްމީހުންނަށް ގުޅައިގެން ވިއްކުމަށް މަސައްކަތްކުރަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
