
ބާސެލޯނާގެ ފޯވާޑް ލަމީން ޔަމާލް ކިތަންމެ މޮޅަސް، ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑް އޭނާއަށް ނުލިބުނީ އުމުރުން މާ ހަގުވުމުން ކަމަށް ސްޕެނިޝް ލީގުގެ ރައީސް ހާވިއޭ ޓެބާސް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ހޯމަ ދުވަހުގެރޭ ބޭއްވި ބަލޮންޑޯ އެވޯޑް ހަފުލާގައި އުމުރުން ކިރިޔާ 18 އަހަރުވީ ޔަމާލްއަށް ދެވަނަ ލިބުމުންނެވެ. ބަލޮންޑޯ އެވޯޑް ހާސިލުކުރީ ޕީއެސްޖީގެ 28 އަހަރުގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭއެވެ. “އަހަރެންނަށް ހީވަނީ އޭނާއަށް އެވޯޑް ނުލިބުނީ މާ ޅަ ވީމަހެން. މިހެންވީމާ އޭނާއަށް އެ މީހުން އެ ދިނީ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު އަނެއްކާވެސް. އަހަރެންނަށް ޔަގީން އޭނާގެ އުމުރުން 23 އަހަރުވެފައިވާނަމަ އޭނާ މި އެވޯޑް ހާސިލުކުރީސް،” ޓެބާސް ވިދާޅުވިއެވެ.
ޓެބާސް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ބަލޮންޑޯ ޔަމާލް ހާސިލުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ހުރިހާ ހުނަރެއް ކުޅުންތެރިޔާގެ ކިބާގައި އެބަހުރި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއާ ޚިލާފަށް ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވީ އޭނާގެ ނަޒަރުގައި ބަލޮންޑޯ އެވޯޑް ޔަމާލްއަށް ނުލިބުނީ ޗެމްޕިއަންސް ލީގުގެ ތަށި ބާސެލޯނާއަށް ނުލިބުމުން ކަމަށެވެ. “އަހަރެންނަށް ހީވަނީ ޗެމްޕިއަންސް ލީގުގެ ބުރަދަން ބޮޑުވީހެން މި ފަހަރުގެ އެވޯޑް ޑިސައިޑް ކުރުމުގައި. ޔަމާލްއަކީ މޮޅު ކުއްޖެއް. އަހަރުމެން ޓީމުން އޭނާ އާއި ރަފީނިއާ އަދި ޕެޑްރީ ނޮމިނޭޓުވި. އަހަރެންނަށް ޔަގީން ޔަމާލްްއަކީ އަދި މި އެވޯޑް އެތައް ފަހަރަކު ހޯދާނެ ކުޅުންތެރިއެއް. އޭނާގެ ވަގުތު އަންނާނެ،” ލަޕޯޓާ ވިދާޅުވިއެވެ.
ބަލޮންޑޯ ހާސިލުކުރި ޑެމްބެލޭ ވަނީ ހުސްވި ސީޒަނުގައި 53 މެޗުން 35 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ޕީއެސްޖީއަށް ފްރާންސް ލީގާއި، ފްރެންޗް ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށްވެސް ޓީމު ގެންގޮސްދިނެވެ. އުމުރުން 18 އަހަރުގެ ޔަމާލްއަށް ބަލާއިރު 55 މެޗުން އޭނާ ވަނީ 18 ލަނޑު ޖަހައި، ތިން ތަށި ހޯދާފައެވެ. އެއީ ސްޕެނިޝް ކަޕާއި، ސްޕެނިޝް ސުޕަ ކަޕް އަދި ސްޕެނިޝް ލީގެވެ. ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓީ ސެމީ ފައިނަލުންނެވެ. ޔަމާލްގެ އެޖެންޓް ޖޯޖް މެންޑޭޒްވެސް ބުނީ ޔަމާލްއަކީ ކުރިމަގު އޮތް ކުޅުންތެރިއެއް ކަމަށާއި، ބަލޮންޑޯ ހާސިލުކުރުމުގެ ހުރިހާ ފުރުސަތެއް ކުޅުންތެރިޔާއަށް އެބައޮތް ކަމަށެވެ. ނަމަވެސް އޭނާގެ ބައްޕަ ދެކޭ ގޮތުގައި އެވޯޑް ވަނީ އޮޅުވާލާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
