
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ ދެވަނަ މޮޅު ހޯދައިފިއެވެ. މިރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗަށް ނުކުތްއިރު ޓީސީ ވަނީ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. އަދި މާޒިޔާއިން ވަނީ ފުރަތަމަ މެޗުގައި އީގަލްސް ބަލިކޮށްފައެވެ. އެއާއެކު ދެ މެޗުން ހޯދި ދެ މޮޅާއެކު 6 ޕޮއިންޓް ހޯދައިގެން މާޒިޔާ ވަނީ ލީގުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ދެ ޓީމަށްވެސް މާ ގިނަ ލަނޑު ޖަހާނެ ފުރުސަތުތަކެއް ނުލިބެއެވެ. މާޒިޔާއިން ކޮންޓްރޯލް ކޮށްގެން ކުޅުނު މެޗުގެ ފުރަތަމަ މިނިޓުގައި ހަމްޒާ މުޙައްމަދު އަރިމަތިން ނަގައިދިން ބޯޅައެއް އޭރިޔާ ތެރެއިން މާޒިޔާ ބިދޭސީ ފޯވާޑް ސާޖިޔޯ މެންޑީ ފޮނުވާލުމުން އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުންވެސް ސާޖިއޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 8 ވަނަ މިނިޓުގައެވެ. އޭރިޔާ ބޭރުން ހަމްޒާ ނަގައިދިން ބޯޅައެއް ސާޖިއޯ ބޮލުން ގޯލުތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑާއެކު މާޒިޔާއިން ލީޑު ނެގި ނަމަވެސް، މާ ނުރައްކާތެރި ހަމަލާތެކެއް ޓީސީގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.
މާޒިޔާއިން ދެވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް 43 ވަނަ މިނިޓުގައި ނާއިޒް ހަސަން ހިފައިގެން ދިޔަ ބޯޅައެއް އޭރިޔާ ތެރެއަށް ވަދެ ހަމްޒާ ހުރަސްކޮށްލުމުން ގޯލު އޭރިޔާ ބޭރުގައި ހުރެފައި ހަސަން ނަޒީމް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މެޗުގެ ދެވަނަ ހާފުގައި މާޒިޔާ އެޓޭކުތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ހަމަލާތައް މަދެވެ. މެޗުގެ 70 ވަނަ މިނިޓުގައި އޭރިއާ ބޭރުގައި ހުސްކޮށް ހުރެފައއި ހަމްޒާ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައެއް ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. މާޒިޔާގެ ތިންވަނަ ލަނޑަކީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް ނައްސާހު އިބްރާހީމް ނާސިރު ދިން ބޯޅައަކުން އޭރިއާ ތެރޭގެ ހުރެފައި މުޙައްމަދު އިލާން އިމްރާން ފޮނުވާލުމުން ދަނޑީގައި ޖެހިފަ ވަން ލަނޑެކެވެ. ލީގުގައި އަންނަ އަންގާރަ ދުވަހު މާޒިޔާ ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
