
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު އީގަލްސް ދެ ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ބުރު ސްޕޯޓްސް ކުލަބުން ނަތީޖާ އެއްވަރުކޮށްފިއެވެ. ލީގުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ތުން ބަލިވިއިރު، ބުރު ސްޕޯޓްސް ކުލަބުން ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން މޮޅުވެފައެވެ. ގައުމީ ބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އީގަލްސް ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހަމާލާވެސް އުފެއްދީ އީގަލްސްއިންނެވެ. ދެވަނަ މިނުޓުގައި އަޙްމަދު ރިޒުވާން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މެޗުގެ ހަވަނަ މިނިޓުގައި އީގަލްސްއިން ލީޑު ނެގީ އޭރިޔާ ތެރެއިން އަރިމަތީގަ ހުރެފަ އިބްރާހީމް މަހުދީ ހުސެއިން ފޮނުވާލި ބޯޅަ ގޯލަށް ވަދެގެންނެވެ. އެޔަށްފަހު ދެން ލިބުނު ފުރުސަތެއްގައި މަހުދީ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ ފުރަތަމަ ހާފުގެ 20 ވަނަ މިނިޓުގައި އޭރިޔާ ތެރެއިން ކުޅުންތެރިއެއްގެ ކައިރިން ނައްޓާލާފަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. މެޗުގެ 23 ވަނަ މިނިޓުގައި ރިޒުވާނަށް އަނެއްކާވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ކީޕަރު އަތުގަ ޖެހިފައި ނުކުތުމުން މަހުދީ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރު ސްޕޯޓްސްއިން ލަނޑު ޖެހިއިރު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އީގަލްސްގެ ކުރީގެ ފޯވާޑް މުޙައްމަދު ނާއިމްއެވެ. މިއީ އޭރިޔާ މެދެއްހާ ހިސާބުގައި ހުރެފަ އޭނަ ފޮނުވާލި ހިލޭ ޖެހުމަކުން ކާމިޔާބުކޮއްދިން ލަނޑެކެވެ. ނާއިމް މި ލަނޑު ޖެހީ މެޗުގެ 38 ވަނި މިނިޓުގައެވެ. މެޗުގެ ދެވަނަ ހާފުގައި އީގަލްސްއަށްވުރެ ބޮޑަށް ބުރު ސްޕޯޓްސް ކުލަބުން ވަނީ ކުރިއަށްޖެހި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ހާފުގައި ބުރުން ވަނީ އީގަލްސް ގޯލަށް ނުރައްކާތި ހަމާލާތަކެއް އަމާޒުކޮއްފައެވެ. ބުރުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 57 ވަނަ މިނިޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ. އޭރިޔާ ތެރެއިން ނާއިމް ދެކުޅުންތެރިން ކައިރިން ނައްޓާލާފަ ދާން އުޅުމުން އީގަލްސްގެ ކުޅުންތެރިޔަކު ކުރި ފައުލުކަށް ލިބުނު ޕެނެލްޓީ ގޯލަށް ވައްދާލީ އަބްދުﷲ ޖުނެއިދެވެ.
މި ލަނޑަށްފަހު ވެސް ބުރަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އަބްދުﷲ ޔާމިން ފޮނުވާލި ބޯޅަ ކީޕަރު މަތަކުރުމުން ނާއިމްއަށް އޭރިޔާ ތެރިން ލިބުނު ބޯޅަ ދަޔައީ ބޭރަށެވެ. މެޗުގެ ފަހު ކޮޅުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހިމް ލެބީ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ބުރުގެ ކީޕަރު ފައިސަލްއެވެ. ބުރު ސްޕޯޓްސް ކުލަބަށް ލީގުގައި ދެން އޮންނާނީ މާޒިޔާ މެޗެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
