
ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމަށް ރައްޔިތުން ދެއްވާ އެއްބާރުލުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެހީތެރިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވެނީ ރައްޔިތުންގެ އެއްބާރުލުމާއި އެކު ކަމަށެވެ. ކޮޅުމަޑުލުަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވިލުފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ޤައުމާއި ހާވާލުވީ އިޤްޠިޞާދީ ގޮތުން ޤައުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަލަތިލާން ޖެހިފައިވާ ވަގުތެއްގައި އެމަނިކުފާނު ތަކުރާރެއްވިއެވެ. ނަމަވެސް ބޭރާއި އެތެރޭގެ ދަރަނިތައް ދައްކަމުން، ފައިސާ ޗާޕުނުކޮށް އުމްރާނީ އަދި އިޖްތިމާޢީ ތަރައްޤީގެ ކަންކަން ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާޢި އެއްގޮތަށް ކުރިއަށް ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީގެ މަޝްރޫޢޫތައް ސަރުކާރުން އެކަށައެޅި ޕްލޭނާއި އެއްގޮތަށް ވަކި ތަރުތީބެއްގެ ތެރެއިން ކުރިއަށްދާ ކަމަށާއި، މިއަހަރު ނުފެށިވާ ކަންކަން އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ފެށިގެންދާނެ ކަމަށެވެ. އަދި މިހުރިހާ ކަމެއްވެސް ކުރެވެނީ ސިޔާސީ ފަރާތްތަކާއި ރައްޔިތުންގެވެސް އެއްބާރުލުމާއި އެކު ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ޤައުމުގެ ހަމަޖެހުން ޤާއިމްކޮށް ދެމެހެއްޓުމަށް ރައްޔިތުން ދެއްވާ ތާޢީދު ފާހަގަކުރައްވާފައެވެ. “އެންމެ ބޮޑު އެހީތެރިކަމަކީ ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމަށް ރައްޔިތުން ދެއްވާ ތާޢީދު. އެއީ ފެންނަން ނެތް އެއްޗެއް. އެހެންނަމަވެސް އިހުސާސް ވާއެއްޗެއް. މި ދެންނެވި ލިސްޓުގައި ހުރިކަންކަން ކުރާނަން. އެކަންކަމުގެ ފޮނިމީރުކަން ލިބެނީ ރައްޔިތުން ތިދެއްވާ ތާޢީދު މި ޤާއުމުގައި ހަމަޖެހުން ޤާއިމްކޮށް ތަހުޒީބު ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމުގެ ކަންކަން ހެޔޮމަގުން ގެންދަން ހުރިހާ އެންމެންވެސް ބޭނުންވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަން ކުރަން ބޭނުންވަނީ ދަރިންނަށް ފާގަތި މުސްތަޤުބަލެއް ހޯއްދަވަން ބޭނުންފުޅުވާތީ ކަމަށެވެ. އަދި މާޒީގައި އޮތް ބަދަލުހިފުމުގެ ރޫޙާއި ތަންތަން ހާލާކު ކުރުމުގެ މާޒީ އިޔާދަވާން އެދިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މުސްތަޤުބަލަށްޓަކައި، ކަންކަން ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުން ދެއްވާ އެއްބާރުލުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެހީތެރިކަންކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
