
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލަކަތޮޅު ކޮޅުފުށީ ތާރީޚީ މިސްކިތް، ޣާޒީ މިސްކިތަށް ޒިޔާރަތްކުރައްވައިފިއެވެ. ހަތަރު އަތޮޅަކަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި މިސްކިތަށް ޒިޔާރަތް ކުރެއްވީ މުލަކަތޮޅު ކޮޅުފުއްޓަށް ކުރެއްވި ދަތުރުފުޅުގައެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މިސްކިތުގެ ހާލަތު ބައްލަވާލައްވައި، މިސްކިތާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މި މިސްކިތް ބިނާކޮށްދެއްވީ ދިވެހިންގެ އިސްލާމީ އަޤީދާއަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި ޕޯޗުގީޒުންގެ އިސްތިޢުމާރުން ރާއްޖެ ސަލާމަތްކޮށްދެއްވި ދިވެހި ޤައުމީ ބަޠަލު، އުތީމު ބޮޑުތަކުރުފާނު، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްއެވެ.
ކޮޅުފުށީގެ ތާރީޚީ މި މިސްކިތަކީ ދިވެހިރާއްޖޭގެ އަގުހުރި ޤައުމީ ތަރިކައެކެވެ. އެއީ ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކުރެއްވުމަށްފަހު އުތީމު ބޮޑުތަކުރުފާނު، އެ ރަށުގައި ބިނާކުރެއްވި މިސްކިތެކެވެ. އެ ތަކުރުފާނުގެ ފަތްކޮޅެއްގައި ވަނީ “މި އަތޮޅު ކޮޅުފުށީ މަ ހެއްދެއްވި މިސްކިތް” މި ފަދައިންނެވެ. ރާއްޖެ މިނިވަންކުރެއްވުމަށް ފަހު، އެ ތަކުރުފާނު ކަޅުއޮއްފުންމީގައި ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި މާލެ ވަޑައިގަންނަވަނިކޮށް، ތޫފާނެއްގައި ޖެހި އޮޑި ދިޔަވާން ފެށުމުން މުލަކަތޮޅު ދިއްތުނޑީ ފަރަށް ބީއްސާލައި ކަޅުއޮށްފުންމި ސަލާމަތް ކުރެއްވިއެވެ. އަދި ކޮޅުފުށީގައި އެ ރަދުން ބިނާކުރެއްވި މިސްކިތުގެ މަތިވަޑާންގަނޑުގައި ކަޅުއޮށްފުންމީގެ ލަކުޑި ބޭނުންކުރައްވާފައިވެއެވެ.
2004 ވަނަ އަހަރުގެ ސުނާމީގައި އެ މިސްކިތުގެ މަތިވަޑާންގަނޑުން ފޭވި ތަނުން ދޯންޏެއްގެ ބައިތަކުގެ އަސަރު ވަނީ ފެނިފައެވެ. އަދި ރާއްޖެ މިނިވަންކުރެއްވުމަށް ފަހު، ބޮޑުތަކުރުފާނުގެ ކަނޑިކޮޅު ބާއްވަވާފައި އޮތީ ވެސް ކޮޅުފުށީ މި މިސްކިތުގައެވެ. މިއަދު އެ ކަނޑިކޮޅު މިސްކިތުގައި ނެތްނަމަވެސް، އެޗް.ސީ.ޕީ.ބެލްގެ މޮނޮގްރާފުގައި އެ ކަނޑިކޮޅުގެ ފޮޓޯއަކާއި، މިންތައް ހިމަނާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
