
(ފޮޓޯ ކްރެޑިޓްސް: ޒިންއުއާ)
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކީޕަރު އިބްރާހިމް އިފްރާހް އަރީފަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އާއިލާއިން ބުނެފިއެވެ. އުމުރުން 36 އަހަރުގެ އިފްރާހަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފެށީ އިއްޔެ ސްޓްރޯކެއްޖެހި ސިކުނޑިއަށް ލޭއެޅިފައިވާތީ ކަމަށް އާއިލާއިންވަނީ ބުނެފައެވެ. ސިކުނޑިއަށް އެޅިފައިވާ ލޭތައް ނެގުމަށް އިއްޔެ ވަނީ ސާޖަރީއެއް ހަދާފައެވެ. އިފްރާހަކީ ރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރު ގައުމީ ޓީމުގެ ކީޕަރުންގެ ތެރޭގައި ހިމެނުނު ބަދަލު ކީޕަރެކެވެ. އޭނާއަކީ އެދުވަސްވަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ފާހަގަކުރެވުނު އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނުނު ކުޅަދާނަ ކީފަރެކެވެ. އެހެންނަމަވެސް ފަހުން އަނިޔާގެ ސަބަބުން ކުޅުމާދުރުގައި ހުރުމަށްފަހު ބޮޑު މުބާރާތެއްގައި އޭނާ ފެނިފައެއް ނުވެއެވެ.
އިފްރާހް އެންމެފަހުން ކުޅުނީ މީގެ 6 އަހަރުން ކުރިން ޓީސީ ސްޕޯޓްސް ކުލަބަށެވެ. އިފްރާހަކީ ކްލަބް ވެލެންސިޔާއިން ފުޓްބޯޅައިގެ ތެރެއަށް ނިކުމެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ނިއުރޭޑިއަންޓާއި ވިކްޓްރީ އަދި ބީޖީއަށްވެސް ކުޅެފައިވާ ކީޕަރެކެވެ. އިފްރާހަކީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަނެކެވެ. އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި އޭނާވަނީ އޭޝިއަން ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަދި އޮލިމްޕިކް ކޮލިފައިންގައި ރާއްޖެ ތަމްސީލުކޮށް ބައިނަލްއަގްވާމީ ގިނަ ތަޖްރިބާތާކެއްވެސް ހޯދާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
