
އދ. ގެ މިއަހަރުގެ އާންމު ޖަލްސާގެ ހަވާސާގެ ބައްދަލުވުންތަކެއްގައި ރާއްޖެ ތަމްސީލްވާ ގޮތަށް ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ މަޖިލީހަށް ވަދެވަޑައިގަތުމަށް ފާސް ދޫކުރަން ފޮރިން މިނިސްޓްރީން ދެކޮޅު ހެދި ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނާ ޥާހަކަތައް ފޮރިން މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ. ނަޝީދުގެ އޮފީހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރު ނުރުހުނަސް އެ މަނިކުފާނު ރަސްމީ ހައިސިއްޔަތުން އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށާއި އެ ޖަމާއަތުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ހުރަހެެއް ނެތް ކަމަށެވެ. އަދި ފާހާއި ޕްރޮޓޮކޯލްގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށާއި ބައެއް ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަތް ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގެ ފާސް ހޯދުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ސަރުކާރުން އިންކާރުކުރި ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ނަޝީދަށް ބޭނުންވާ ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވާ ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ރައިސް ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށް ވުމުން ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ އިއްޒަތް ރައީސް ނަޝީދަށް ވެސް އަރުވަމުން ގެންދަވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން، ބޭރުގެ ގައުމުތަކަށް ކުރައްވާ ދަތުރުތަކުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް އެ މިނިސްޓްރީ އާއި އެ ގައުމުތަކުގެ ރަސްމީ އިދާރާތަކާ ގުޅިގެން މިހާތަނަށް ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެ މިނިސްޓްރީން ހަމަޖައްސާނެ ކަމަށް ބުންޏެެވެ. ނަޝީދުގެ އޮފީހުުގެ ބަޔާނުގައި ބުނީ ގައުމުގެ ވެރިކަމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރައްވާފައިވާ ބޭބޭފުޅުން އެ ބޭފުޅަކު ނިސްބަތްވާ ގައުމެއްގެ ފަރާތުން އަދި އެ ހައިސިއްޔަތުގައި ބައިނަލްއަގްވާމީ ރަސްމީ ޖަލްސާތަކާއި ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގްވާމީ ދަނޑުގެ އާދައެއް ކަމަށެވެ.
“ނަމަވެސް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިސް ރައީސްކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި މެދުދާއިރާގެ މެމްބަރުކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މާލޭގެ މެމްބަރުކަމާއި ކުރީގެ ގަލޮޅު އަވަށު ހިންގާ ސެކްރެޓަރީކަމުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ދިދަ އާއި ނިޝާން ޖެހި ފާހުގައި ދިވެހިރާއްޖެ ތަމްސީލު ވާނެ މަގުން އެކި ރަސްމީ ޖަލްސާތަކާއި ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު އަބަދުވެސް އެދިވަޑައިގަންނަވަ އެވެ،” ނަޝީދުގެ އޮފީހުގެ ބަޔާނުގައިވެ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
