
ޑޮލަރުގެ ކަޅު ބާޒާރުގެ އަޅުވެތިކަމުން ރައްޔިތުން ސަލާމަތް ކުރުމަށް ނޮވެމްބަރ 11އިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެންނަވަން ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މުލަކަތޮޅު މުލީގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ހަރުދަނާކޮށް، ޑޮލަރުގެ އަގު އުފުލުނަ ނުދިނުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، މާލޭގެ އިތުރުން ރާއްޖޭގެ 7 އަރބަންސެންޓަރުގެ ގޮތުގައި ތަރައްޤީކުރާ ރަށްތަކާއި ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްތަކުގެ ތަރުތީބުން މިހާތަނަށް ޑޮލަރު އޭޓީއެމް ނުބަހައްޓާ 40 ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބީއެމްއެލް މެދުވެރިކޮށް ޗައިނާގެ ޔުއާނުން އެކައުންޓު ހުޅުވޭގޮތް ހަމަޖެހިގެން ދިއުމަކީ ވިޔަފާރިި ކުރާ ފަރާތްތަކަށް ވަރަށް ގިނަ ފައިދާތަކެއް ވާނެ ކަމެއް ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ 1ން ފެށިގެން ޗައިނާގެ ފައިސާއަށް ޚާއްސަކޮށް ދުނިޔޭގެ 180އަށްވުރެ ގިނަ ޤައުމުތަކުގައި ބޭނުންކުރާ ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުވެސް ތައާރަފު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބަދަލު އިންޑިއަން ރުޕީސްއިންވެސް ގެނައުމަށް ނިންމަވާފައިވާ ކަމަށާއި އެ މަސައްކަތް ބީއެމްއެލުން މިހާރު ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް ބޭރުގައި މުއާމަލާތް ކުރެވޭ ޑޮލަރުގެ އަދަދަށްވެސް މިއަހަރުގެ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
“ނޮވެމްބަރ 11ން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ޕީއޯއެސް ޓަރމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރުވެގެންދާނެ. ހަމަ އެ ތާރީޚުން ފެށިގެން އެއަރލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖޭން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުވެގެންދާނެ. ހަމަ އެ ތާރީޚުން ފެށިގެން ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތްވެސް ހަމަޖެހިގެންދާނެ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރައީސް ވިދާޅުވީ މި ފިޔަވަޅުތަކާއެކު ރާއްޖޭގައި ޑޮލަރުގެ ބްލެކް މާކެޓުގެ އަޅުވެތިކަމުން ރައްޔިތުން ސަލާމަތްވެގެންދާނެ ކަމަށެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅުކޮށް، ރާއްޖޭގެ ފަރުދުންގެ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ގިނަ ކަންތައްތައް ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމްކުރާ ބޭރުފައިސާއާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނާއެކު ޑޮލަރުގެ ރިޒަރވް އިތުރުވެ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީ ވަނީ އިތުރުވާން ފަށާފައެވެ. އަދި ޑޮލަރުގެ މައްސަލައަށްވެސް އޭގެ ސަބަބުން ހައްލުތަކެއް ލިބެމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
