
މުލަކަތޮޅު މުލީގައި 300 ހައުސިންގ ޔުނިޓް އަޅައިދިނުމުގެ މަސައްކަތް އަންނަ އަހަރުގެތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މުލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައީސް ވަނީ ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދަން ހަމަޖެހިފައި މަޝްރޫޢުތައް ފާހަގަކުރައްވައި އެކަންކަން ވީހާވެސް އަވަހަށް ކުރިއަށްގެންދަވާނެކަމަށް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މުލީގައި ކުރިއަށްގެންދާނެ އެންމެ ބޮޑު މަޝްރޫޢުއަކަށްވާނީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދިނުމުގެ މަސައްކަތްކަމަށެވެ. އެގޮތުން 2 ފިޔަވައްސަކަށް ބަހާލައިގެން އަންނަ އަހަރު، 300 ހައުސިންގ ޔުނިޓް އެރަށުގައި ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ވިދާޅުވިއެވެ. އާބަދީ ބޮޑުވަމުން މުލީ ފަދަ ރަށްރަށުގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.
“300 ޔުނިޓްގެ މަސައްކަތް ގެންދާނީ ދެ ބަޔަކަށް. ފެބްރިއަރީ ހިސާބުގައި 150 ޔުނިޓްގެ މަސައްކަތް ފަށާނަން. އަދި ސެޕްޓެމްބަރު މަހު ހިސާބުގައި އިތުރު 150 ޔުނިޓްގެ މަސައްކަތް ފަށާނަން” ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މުލީ އެއަރޕޯޓްގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އިތުރު މަސައްކަތްތަކެއްވެސް ކުރިއަށްދާކަން ފާހަގަކުރައްވައި އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ހެދުމަށް، ބޭނުންވާ ލައިޓް ޖެހުމުގެ މަސައްކަތް ފަށާފަވާކަމަށާއި، އެ މަސައްކަތްތައް އަންނަ މަހުގެ ނިޔަލަށް ނިމޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މުލީ އެއަރޕޯޓަށް ލިބޭ ކޮންމެ ކުރިއެރުމަކީ އެރަށާއި އަތޮޅުގެ ރައްޔިތުންނާ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށްވެސް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.
މުލީގައި ހުންނަ އެއަތޮޅު އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތައްވެސް ޚާއްސަ އިސްކަމެއް ދެއްވާކަމަށާއި، އިސްކަންދޭ އެ މަސައްކަތް ބާރަށް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން މުއްޔާއި ނަލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތް، ސޮއިކުރި މުއްދަތައްވުރެ ކުރިން ނިންމާނެކަމަށާއި، މުއްޔަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށް 100 ކިލޯވޮޓްގެ ޖެންސެޓެއް މިއަހަރުތެރޭ ގެނެސް، ރަށުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އިތުރު ކްލާސްރޫމްތަކާއެކު ރަށުގެ ސްކޫލްގެ ޖާގައިގެ މައްސަލަ ޙައްލުކުރުމުގ މަޝްރޫޢުއެއްވެސް އަންނަ އަހަރު ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި މަގުހެދުމަށް ފެށި މަޝްރޫޢާ ޕޮލިސްޓޭޝަންގެ މަސައްކަތަކީވެސް ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
