
ކުޅުނު ތިން މެޗުންވެސް ބަލިވެ، ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު އެނބުރި ގައުމަށް އަންނަން ޖެހިއްޖެއެވެ. ލަންކާގައި ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ކަޓާފައި އޮއްވައި ރާއްޖެ ކުޅުނު ފަހު މެޗުގައި މިރޭ ބަލިވީ ބޫޓާން އަތުން 1-0 އިންނެވެ. ބޫޓާނުން ލަނޑު ޖެހީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ބޫޓާން އަތުން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމެއް މި މުބާރާތުގައި ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަ ކުރަން ރާއްޖެ އަށް ޕެނަލްޓީ އެއްވެސް ލިބުނެވެ. އެކަމަކު ކެޕްޓަން އިލާން ޖެހި ޕެނަލްޓީ ބޫޓާންގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ. މި ނޫނަސް މި މެޗުގައި ރާއްޖެއިން ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. ހާއްސަކޮށް ކުރީ ދެ މެޗާ އަޅާ ބަލާއިރު މި މެޗުގައި ރާއްޖެއިން ރަނގަޅު އެޓޭކްތަކެއްކުރި އެވެ. ރާއްޖޭގެ ހަމަލާތަކުގެ ހުރަހަކަށްވީ ބޫޓާންގެ ކީޕަރެވެ.
ކޯޗު ސޮބާހް މުހައްމަދު މި މެޗު ފެށުމުގެ ކުރިން ބުނީ މިއީ ކުޅުންތެރިންނަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި އެނބުރި ގައުމަށް ދިއުމުގެ ކުރިން މަސައްކަތް ކުރާނީ މަދުވެގެން ޕޮއިންޓެއް ހޯދަން ކަމަށެވެ. ބޫޓާންގެ ކޯޗު ބުނީ ރާއްޖޭގެ ކުޅުންތެރިން ވަރަށް ހަލުވި ކަމަށާއި މިހެންވެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ އެންމެ ފުރަތަމަ ބައްދަލު ކުރީ އިންޑިޔާއާ އެވެ. އެ މެޗުން ބަލިވީ 6-0އިންނެވެ. ދެ ވަނަ މެޗުގައި ޕާކިސްތާން އަތުން ބަލިވީ 5-2އިންނެވެ. މިހެންވެ މުބާރާތުގައި ރާއްޖެ ހިމެނުނު ބީ ގްރޫޕުން ރާއްޖެ ދިޔައީ އެންމެ ފުލަށެވެ. ގްރޫޕުގެ އެއްވަނަ ހޯދީ ޕާކިސްތާން 3-2އިން ބަލިކޮށް އިންޑިޔާ އެވެ. ދެ ވަނަ ޕާކިސްތާނަށް ލިބުނީ ހަ ޕޮއިންޓާއެކުގަ އެވެ. ތިން ވަނަ ލިބުނީ ތިން ޕޮއިންޓާއެކު ބޫޓާނަށެވެ. ރާއްޖެ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ލަންކާގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕާކިސްތާން ވާދަ ކުރާނީ ބަންގަލްދޭޝްއާ އެވެ. އިންޑިޔާއާ ވާދަ ކުރާނީ ނޭޕާލާ އެވެ. ގްރޫޕް އޭއިން މުބާރާތުން ކެޓީ ކުޅުނު ދެ މެޗުން ބަލިވި ލަންކާ އެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
