
(ފޮޓޯ ކްރެޑިޓްސް: އޭއެފްސީ)
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމު މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުން 7-3 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ. ރާއްޖެ ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާއިރު، ގައުމީ ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކި އެއްވެސް ވަރަކަށް އިންޑޯގައި ފަރިތަކުރުމުގެ ފުރުސަތު ނުލިބި ކޮލިފައިން މެޗުތަކަށް ނިކުންނަށް ޖެހުމެވެ. އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ފުރަތަމަ މެޗަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި މިޔަންމާގެ ގޯލަށް ހަމަލާތައް އުފައްދާ ތިން ލަނޑު ކާމިޔާބުކުރިއިރު ފުރަތަމަ ލަނޑު ޖަހާދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. މިއީ ޓީމުގެ ކެޕްޓަން މުޙައްމަދު އިމްރާންގެ އެސިސްޓަކުން ދެވަނަ ހާފްގެ ކުރީކޮޅު އިޝާން ކާމިޔާބުކޮށްދިން ލަނޑެކެވެ. ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހާފިޒް ދިން ޕާހަކުން އަލީ ޝިޔާހެވެ. އަދި ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހުޒެއިފަތު ރަޝީދު (ހުޒޭ) އެވެ.
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ފުރަތަމަ ނިކުތީ އަފްޣާނިސްތާނާއި ދެކޮޅަށެވެ. އަފްޣާނިސްތާނުން ވަނީ 10-1 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ. ރާއްޖޭގެ ގައުމީ ޓީމުން މި ދެމެޗަށްވެސް ނިކުތީ މިއީ ވަރުގަދަ ޓީމުތަކެއްކަން ދަނެގެންކަމަށް ޓީމުގެ ކުޅުންތެރިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ފުރަތަމަ މެޗުގެ ތަޖުރިބާއިން ދެވަނަ މެޗުގައި ކުޅުން ރަނގަޅުކޮށް މިޔަންމާއާއި ދެކޮޅަށް ރާއްޖެއިން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
