
ފްރާންސް ފުޓްބޯޅަ މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ފްރާންސާއި ޕީއެސްޖީގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ ހޮވައިފިއެވެ. މި އެވޯޑް އޭނާއާ ހަވާލު ކުރީ ރޭ ފްރާންސްގެ ޕެރިހުގައި ބޭއްވި އެވޯޑް ހަފުލާގަ އެވެ. މިއީ މި އެވޯޑް ހާސިލްކުރި ފުރަތަމަ ފަހަރެވެ. މި އެވޯޑަށް އޭނާއާ އެންމެ ގާތުން ވާދަ ކުރީ ބާސެލޯނާ އާއި ސްޕޭނުގެ އެޓޭކިން މިޑްފީލްޑަރު ލަމީން ޔަމާލް އެވެ. ތިން ވަނަ އަށް ދިޔައީ ޕިއެސްޖީގެ ވިޓީނިއާ އެވެ. ހަތަރު ވަނަ ލިބުނީ ލިވަޕޫލްގެ މުހައްމަދު ސަލާހަށެވެ. ފަސް ވަނަ އަށް ބާސެލޯނާގައި މޮޅަށް ކުޅުނު ބްރެޒިލްގެ ރަފީނިއާ އެވެ. އޭގެ ފަހަތުން ޗެލްސީގެ ކޯލް ޕަލްމާ އާއި ނޫނޯ މެންޑޭޒް އަދި ކީލިއަމް އެމްބާޕޭ އާއި އަޝްރަފް ހަކީމީ އެވެ.
އޭނާ އަށް މި އެވޯޑް ހަވާލުކޮށްދިނީ 2005 ވަނަ އަހަރު މި އެވޯޑް ހާސިލް ކުރި ބްރެޒިލާއި ބާސެލޯނާގެ ލެޖެންޑް ރޮނާލްޑީނިއޯ އެވެ.

ޑެމްބެލޭ މޮޅަށް ކުޅެގެން ޕީއެސްޖީން ވަނީ ހުސްވި ސީޒަނުގެ ތިން ތަށި ކާމިޔާބުކޮށް، ކުލަބު ވޯލްޑް ކަޕުގެ ފައިނަލްގައި ކުޅެފަ އެވެ. އޭނާގެ ބޮޑު ހިއްސާއަކާ އެކު ޕީއެސްޖީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ މިހާތަނަށް އެ ކުލަބު ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. އެވޯޑް ލިބުމަށްފަހު އުފަލުން ގޮސް ރޮމުން ވާހަކަ ދައްކަމުން ޑެމްބެލޭ ބުނީ މި ކާމިޔާބީ އަކީ އޭނާ އުއްމީދު ކުރ ކާމިޔާބީއެއް ކަމަށާއި އެވޯޑް ލިބުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށެވެ. “ކުލަބުގެ ކުޅުންތެރިންނާއި ކޯޗާއި ސަޕޯޓަރުންނާއި ކުލަބުގެ ރައީސަށް އަހަރެން ޝުކުރު އަދާ ކުރަން. މިއީ ވަރަށް މަސައްކަތުން ހާސިލް ކުރެވުނު ކާމިޔާބީއެއް،” ކުރިން ބާސެލޯނާ އަށް ކުޅުނު ޑެމްބެލޭ ބުންޏެވެ.

އެވޯޑް ލިބުމަށްފަހު އޭނާ އެންމެ ބޮޑު ޝުކުރެއް އަދާކުރީ މަންމަ އަށެވެ. އަދި އެވޯޑް ހަފުލާ އަށް ގޮސް އިން އޭނާގެ މަންމަ އަށް ގޮވައި ސްޓޭޖަށް ދައުވަތު ދިނުމަށްފަހު ޑެމްބެލޭ އޭނާގެ އެވޯޑް މަންމަ އަށް ދިނެވެ. މި އެވޯޑް ޑެމްބެލޭ އަށް ލިބުމުންނާއި އޭގެ ކުރިން ވެސް އޯޑިއަންސްގައި ތިބި ސަޕޯޓަރުން އޭނާގެ ނަމުން ގޮވައި ވަރަށް ބޮޑަށް ތަރުހީބު ދެމުންދިޔަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
