
ފްރާންސް ފުޓްބޯޅަ މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑް ވިދިވިދިގެން ތިންވަނަ ފަހަރަށް ހޯދައި، ބާސެލޯނާގެ އައިޓާނާ ބޮންމާޓީ ހެޓްރިކް ހަދައިފިއެވެ. އޭނާ އަކީ ހުސްވި ދެ އަހަރު ވެސް މި އެވޯޑް ހާސިލްކުރި ކުޅުންތެރިޔާ އަދި އަދި ތިން ފަހަރު މި އެވޯޑް ހާސިލްކުރި ހަމައެކަނި އަންހެން ކުޅުންތެރިޔާ އެވެ. މި ފަހަރުގެ އެވޯޑަށް އޭނާއާ އެންމެ ގާތުން ވާދަ ކުރީ ކުރިން ބާސެލޯނާ އަށް ކުޅުމަށް ފަހު ހުސްވި ސީޒަނުގައި އާސެނަލް އަށް ބަދަލުވި ސްޕޭނުގެ މަރިއޯނާ ކޮލްޑަންޓޭ އެވެ. ތިން ވަނަ އަށް ދިޔައީ އާސެނަލްގެ އިނގިރޭސި ފޯވަޑް އެލެސިއާ ރުސޯ އެވެ. ހަތަރު ވަނަ ހޯދީ 2021 އަދި 2022 ވަނަ އަހަރުގެ ބަލަންޑޯ އެވޯޑް ހާސިލްކުރި ބާސެލޯނާގެ ކެޕްޓަން އެލެކްޒިއާ ޕުޓެޔާސް އެވެ. ފްރާންސްގެ ޕެރިހުގައި ބޭއްވި އެވޯޑް ހަފުލާގައި މި އެވޯޑް އޭނާއާ ހަވާލު ކުރީ ބާސެލޯނާ އާއި ސްޕޭނުގެ ކުރީގެ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ އެވެ.
އެވޯޑް ލިބިގަތުމަށްފަހު އޭނާ ބުނީ މިއީ މުޅި ޓީމުގެ މަސައްކަތުން ހާސިލް ކުރެވުނު ކާމިޔާބީ އެއް ކަމަށެވެ. “ކުލަބުގެ ރައީސް ޖޯން ލަޕޯޓާ އާއި ކޯޗުންނާއި ހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާކުރަން. މިއީ އަހަރެން ކުޑައިރު އުއްމީދު ވެސް ކުރި ކަމެއް ނޫން. އެކަމަކު މި ކާމިޔާބޫ ހާސިލް ކުރެވުނީ އެކަންޏެއްނޫން. ފުޓްބޯޅައިގެ ކޮންމެ އެވޯޑަކީ ވެސް ކަލެކްޓިވް އެއްޗެއް،” ބޮންމާޓީ ބުންޏެވެ. އޭނާ ބުނީ ވިދިވިދިގެން ތިން ވަނަ ފަހަރު އެވޯޑް ލިބިދާނެ ކަމަށް ކުޑަކޮށް ވެސް އުއްމީދު ނުކުރާ ކަމަށާއި ނަމަވެސް މި ކާމިޔާބު ހާސިލް ކުރެވުމުން އިތުރަށް ކުރިއަށްދާން ހިތްވަރު ލިބިއްޖެ ކަމަށެވެ.
“މިދިޔަ ސީޒަނުގައި ކުލަބަށް ކާމިޔާބު ހޯދައިދޭން ވަރަށް މަސައްކަތް ކުރިމް. އެކަމަކު އަހަރުމެންނަށް ވަނީ އެހެން މޮޅު ކުޅުންތެރިން ތިބި ޓީމުތަކުގެ ސަބަބުން ފުރުސަތު ގެއްލިފައި. މިފަހަރު އުއްމީދަކީ އަލުން ކާމިޔާބީ ހޯދުން،” ބޮންމާޓީ ބުންޏެވެ. ބޮންމާޓީ ވަނީ ހުސްވި ޖޫން މަހު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އޭނާ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕޭން ކުޅުނު ފުރަތަމަ ދެ މެޗުގައި ބެންޗުގައި އިނދެފަ އެވެ. އެއީ މުބާރާތުގެ ކުރިން ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުމުންނެވެ. ބޮންމާޓީ ވަނީ ބާސެލޯނާގައި ވެސް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ގޮތުން ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އެ ޓީމަށް ކާމިޔާބު ކޮށްދީ ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދިނެވެ. ބޮންމާޓީ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ވެސް މޮޅު ކުޅުންތެރިޔާ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
