
ދުނިޔޭގެ އެންމެ މޮޅު ކޯޗުންނަށް އިނގިރޭސި ގައުމީ ކޯޗު ސަރީނާ ވިއެގްމަން އާއި ފްރާންސްގެ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ހޮވައިފިއެވެ. މި އެވޯޑް ދެނީ ބާސެލޯނާ އާއި އަޔެކްސްއިން ފާހަގަ ކޮށްލެވުނު ނެދަލޭންޑްސްގެ މަޝްހޫރު ކުޅުންތެރިޔާ އަދި ކޯޗު ޔޯހަން ކްރައިފަށް ނިސްބަތްކޮށެވެ. އެންރީކޭ ރޭގެ އެވޯޑް ހަފުލާ އަށް ނުދެ އެވެ. އެއީ އޭނާގެ ޓީމު ރޭ ފްރާންސް ލީގުގައި ކުޅެން ޖެހުނު މުހިންމު މެޗެއް އޮތުމުންނެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅެން އޮތް މެޗު ރެއަށް ފަސްވީ ވިދައި ގުގުރުމުގެ ސަބަބުންނެވެ. މިހެންވެ އޭނާ އަށް އެވޯޑް ލިބުމުން ހާޒިރީންނާ ވާހަކަ ދެއްކީ ވީޑިއޯ އެއް މެދުވެރިކޮށެވެ.
ބާސެލޯނާ އާއި ސްޕޭނުގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން އެންރީކޭ އަކީ ހުސްވި ސީޒަނުގެ އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ ފްރާންސް ލީގާއި ފްރެންޗް ކަޕް އަދި ފުރަތަމަ ފަހަރަށް ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ ތާރީހުން ޖާގަ ހޯދައިފަ އެވެ. މީގެ އިތުރުން ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށް ވެސް އެ ޓީމު ދަތުރުކުރީ އޭނާގެ ކޯޗުކަމުގަ އެވެ.

ދުނިޔޭގެ އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ އިނގިރޭސި ގައުމީ ކޯޗު ސަރީނާ ވިއެގްމަން އެވެ. އޭނާ އަކީ އެންމެ ފަހުގެ ދެ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް އިނގިރޭސިންނަށް ކާމިޔާބުކޮށްދިން ކޯޗެވެ. “މި އެވޯޑް ލިބުމަކީ ޝަރަފެއް. ސަބަބަކީ ޔޯހަން ކްރައިފްގެ ނަން މި އެވޯޑަށް ދީފައިވާތީވެ. އަހަރެންނާ އާއި އޭނާ އާ އެކުވެރިކަން އޮތް. އޭނާގެ ފިލޯސަފީ އަކީ ކޮންމެ މީހަކު، ކޮންމެ ކުއްޖަކު ގުޅިފައިވާ ކަމެއް،” ސަރީބާ ބުންޏެވެ. އޭނާ އަކީ ހުސްވި އަހަރު ފީފާއިން ވެސް ހޮވި ދުނިޔޭގެ އެންމެ މޮޅު ކޯޗެވެ. ފްރާންސްގެ ޕްރިހުގައި ރޭ ބޭއްވި ބެލޮންޑީއޯ އެވޯޑް ހަފުލާގައި މި އެވޯޑް ހަވާލުކޮށްދިނީ ރެއާލް މެޑްރިޑާއި އިނގިރޭސި ކުރީގެ ގައުމީ ކޯޗުކަން ކުރި އިޓަލީގެ މަޝްހޫރު ކޯޗު ފަބިއޯ ކަޕޭއްލޯ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
