
ހުސްވި ސީޒަނުގެ ދުނިޔޭގެ އެންމެ މޮޅު ކުލަބުގެ އެވޯޑް އިނގިރޭސިވިލާތުގެ އާސެނަލްގެ އަންހެން ޓީމާއި ފްރާންސްގެ ޕީއެސްޖީއަށް ދީފިއެވެ. މީގެ ތެރެއިން އާސެނަލް އަކީ ހުސްވި ސީޒަނުގެ އަންހެން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމެވެ. އެ ޓީމު ތަށި އުފުލާލީ ކުރީ ދެ އަހަރުގެ ޗެމްޕިއަން ބާސެލޯނާ ބަލިކޮށްފަ އެވެ. މިއީ އާސެނަލް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އާސެނަލް ވެފައިވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އިނގިރޭސި ފުރަތަމަ ޓީމަށެވެ. އެންމެ މޮޅު ފިރިހެން ޓީމަކީ ފްރާންސްގެ ޕީއެސްޖީ އެވެ. އެ ޓީމުގެ ފަރާތުން މި އެވޯޑާ ހަވާލުވީ ކުލަބުގެ ޗެއާމަން ނަސީރު އަލް ހަލީފާ އެވެ.
“މިއީ ލިބުނު ޝަރަފެއް. މޮޅު އެތައް ކުޅުންތެރިންނަކާއި މޮޅު ކޯޗުންނާއި މެނޭޖަރުން ތިއްބައި ޕީއެސްޖީ އަށް މި އެވޯޑް ލިބުމުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެ މީހުންނަށް މި ތަނަށް ނާދެވުނީ މެޗެއް އޮތުމުން. ކުޅުންތެރިންނާއި ކޯޗާއި ހުރިހާ ކުޅުންތެރިންނާއި ޓީމުގެ އެންމެހާ މެމްބަރުންނާއި ކުރީގެ ޗެއާމަނުންނަށް ވެސް މި ވަގުތު ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރަން. ހާއްސަކޮށް ކުލަބުގެ ކެޕްޓަން މާކުއުނޯސް އަށް،” ނަސީރު އަލް ހަލައިފީ ވިދާޅުވި އެވެ. އޭނާ ބުނީ ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން އެތައް އަހަރެއް ނެގީ ފުޓްބޯޅައިގެ ވާދަވެރިކަން ބޮޑުކަމުން ކަމަށެވެ.
“މި ވަގުތު އަހަރުމެން ޓީމަކީ ވަރަށް ޒުވާން ޓީމެއް. މި ކުޅުންތެރިން އެ ދަނީ ތާރީހު ބަދަލު ކުރަމުން. ކުޅުންތެރިން ކުރާ މަސައްކަތަކުން މިކަން ކާމިޔާބު ވަނީ. އޭގެ އިތުރުން މުޅި ޓީމުގެ މަސައްކަތުން،” ނަސީރު އަލް ހަލައިފީ ވިދާޅުވި އެވެ. ޕީއެސްޖީ ވަނީ ހުސްވި ސީޒަނުގައި ތިން ތަށި ހާސިލްކޮށްފަ އެވެ. އެއީ ފްރެންޗް ލީގާއި ފްރެންޗް ކަޕް އަދި ޗެމްޕިއަންސް ލީގެވެ. މިއީ ޕީއެސްޖީ ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އަދި އެ ޓީމު ވަނީ ފުރަތަމަ ފަހަރަށް ބޭއްވި ކުލަބު ވޯލްޑް ކަޕުގެ ފައިނަލުގައި ވެސް ކުޅެފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
