
ހުސްވި ސީޒަނުގައި ދެއްކި ކުޅުމަށް ބަލާފައި އެންމެ މޮޅު ޒުވާން ކުޅުންތެރިންނަށް ބާސެލޯނާ އާއި ސްޕެއިނުގެ މިޑްފީލްޑަރު ލަމީން ޔަމާލް ހޮވައިފިއެވެ. އޭނާ އަކީ މިދިޔަ އަހަރު ވެސް މި މަގާމު ހާސިލް ކުރި ކުޅުންތެރިޔާ އެވެ. މިއާއެކު ވިދިވިދިގެން މި އެވޯޑް ހާސިލްކުރި ފުރަތަމަ ކުޅުންތެރިއަކީ އޭނާ އެވެ. އުމުރުން 19 އަހަރުގެ ޔަމާލަށް އޭނާ އަށް މި އެވޯޑް ހަވާލުކޮށްދެއްވީ ފްރާންސްގެ ޕްރިހުގައި ރޭ ބޭއްވި ބެލޮންޑީއޯ އެވޯޑް ހަފުލާގައި ފްރާންސާއި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ރަފޭލް ވަރާން އެވެ.
ބައްޕަ އާއި މާމަ އާއި އާއިލާގެ އެނޫން ވެސް މެމްބަރުން ގޮވައިގެން އެވޯޑް ހަފުލާ އަށް ދިޔަ ޔަމާލް އެވޯޑް ލިބިގަތުމަށް ފަހު އޭނާ ބުނީ އެންމެ މުހިންމު އެވޯޑަށް ވެސް އޭނާ އުއްމީދު ކުރާ ކަމަށެވެ. އެއީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑީއޯ އެވޯޑެވެ.

އެންމެ މޮޅު އަންހެން ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ބާސެލޯނާގެ ވިކީ ލޮޕޭޒެވެ. އުމުރުން މިހާރު 19 އަހަރުގެ ވިކީ ވަނީ ހުސްވި ސީޒަނުގައި ބާސެލޯނާގައި މޮޅަށް ކުޅެފަ އެވެ. އަދި ނިމިދިޔަ އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕޭން ޓީމުގައި ވެސް އޭނާ މޮޅަށް ކުޅުނެވެ. މި އެވޯޑަށް އޭނާއާ އެންމެ ގާތުން ވާދަ ކުރީ ބްރޒއިޓަންގެ މިޝޭލް އަގްޔެމަންގް ލިންޑާ ސެސިސޭޑޭ އާއި އާސެނަލްގެ ވިއޭކޭ ކެޕްޓައިން އާއި އެތްލެޓިކޯގެ ކްލައުޑިއާ މާޓިނޭޒެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
