
ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުންނަށް އިނގިރޭސި ކީޕަރު ހަމްޓަން އާއި އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާ ހޮވައިފިއެވެ. ފްރާންސްގެ ޕްރިހުގައި ރޭ ބޭއްވި ބަލޮންޑޯ އެވޯޑް ހަފުލާގައި މި އެވޯޑް މި ދެ ކުޅުންތެރިންނާ ހަވާލުކޮށްދިނީ އިޓަލީގެ މަޝްހޫރު ކީޕަރު ޖިއަންލުއިޖީ ބުފޮން އާއި އިނގިރޭސި ކުރީގެ ގައުމީ ކީޕަރެވެ. ހުސްވި ޖޫން މަހު ބޭއްވި ޔޫރޯ އިނގިރޭސިންނަށް ކާމިޔާބުކޮށްދޭން މުހިންމު ދައުރެއް އަދާ ކުރި ހަމްޓަންއާ މި އެވޯޑަށް ވާދަ ކުރީ ކަޓްރީން ބާގާ އާއި ސްޕޭނާއި ބާސެލޯނާގެ ކީޕަރު ކަޓަލީކާ ކޯލް އާއި ޕީއެސްޖީގެ ޗިމަނާ އާސެނަލްއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޑަފްނޭ ވޭން އެވެ.
އުމުރުން 23 އަހަރުގެ ހަމްޓަން ވަނީ ޗެލްސީގައި ވެސް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕީއެސްޖީއާ މައްސަލަ ޖެހިގެން މި ސީޒަން ފެށުމާއެކު މެންޗެސްޓާ ސިޓީއަށް ބަދަލުވި ޑޮންނަރުންމާ ވަނީ ހުސްވި ސީޒަނުގެ ތިން ތަށި ޕީއެސްޖީ އަށް ކާމިޔާބުކޮށްދީފަ އެވެ. އެއީ ފްރާންސް ލީގާއި ފްރެންޗް ކަޕުގެ އިތުރުން ފުރަތަމަ ފަހަރަށް ޕީއެސްޖީ ހޯދި ޗެމްޕިއަންސް ލީގެވެ. މިއާއެކު އެ ކުލަބުގެ ތާރީހުން ޖާގަ ހޯދައި އޭނާ ވަނީ ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށް ވެސް އެ ޓީމު ގެންގޮސްދީފަ އެވެ. ޑޮންނަރުންމާއާ އެންމެ ގާތުން މި އެވޯޑަށް ވާދަ ކުރީ ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ އާއި އިންޓަ މިލާނުގެ ކީޕަރު ޔެން ސޯމާ އާއި އަލް ނަސްރުގެ މޮރޮކޯ ކީޕަރު ޔާސީން ބޫނޯ އާއި ރެއާލް މެޑްރިޑްގެ ތިބައޫ ކޯޓުއާ އެވެ.
ސީޒަނުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ގާޑް މުލާގެ ޓްރޮފީ ހާސިލް ކުރީ އާސެނަލްގެ ފޯވާޑް ޔޯކެރެޝް އާއި ބާސެލޯނާގެ އެވާ ޕަޔޯއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
