
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސަރުކާރުގެ ސިޔާސަތުތަކަށް ބައެއް ފަރާތްތަކުން މިއަދު ފާޑުވިދާޅުވިނަމަވެސް، އެ ސިޔާސަތުތަކުގެ ސަބަބުން މުސްތަޤްބަލުގައި ޤައުމަށް ފައިދާކުރާނެކަން ސާބިތުވެގެންދާނެކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ނައިބު ރައީސް މިހެން ވިދާޅުވީ މ. ދިއްގަރުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ ހަރުދަނާ ސިޔާސަތުތަކާއެކު ހުއްޓިފައި ހުރި އެތައް މަޝްރޫއެއް ފަށައި، އައު މަޝްރޫޢުތައް ފެށުމަށް ސަރުކާރުން މަގުފަހިކުރަމުންދާ ކަމަށެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އޮތް މާލީ ދަތި ހާލަތު ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެ ކަންކަމުން އަރައިގަނެ މަޝްރޫޢުތައް ފެށިގެން ދިއުމުން ސާބިތުވަނީ މިއީ ނަތީޖާ ހާސިލުކޮށްދޭނެ ސަރުކާރެއްކަންކަމަށެވެ. ނާޒިމް ވިދާޅުވީ މީގެ ކުރިން ހައްލުނުވެ އޮތް އިޖުތިމާޢީ އެތައް މައްސަަލައެއް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާ ކަމަށެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބީދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމާއި ޝަރުޢީ ދާއިރާ މިނިވަންކުރުމަށް ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތައް ނާޒިމް ފާހަގަކުރެއްވިއެވެ.
“ގޯހަކުން ކަމެއް އޮތިއްޔާ އެކަންކަން ހައްލުކުރުމަށް އިޚުލާސްތެރި މަސައްކަތްތަކެއް ކުރަމުންދާ ތަން މި ފެންނަނީ. ޑްރަގްގެ އެންމެ ބޮޑުންނަށް ޙައްޤު އަދަބު ލިބެމުންދާތަން އެބަ ފެނޭ. އިޖުތިމާޢީ ގޮތުން ހުރި މައްސަލަތަކަށް ހައްލު ލިބެމުންދާތަން މި ފެންނަނީ” ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އިޖުތިމާޢީ އެކި ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުންވެސް ނިންމަވަމުން ގެންދަވަނީ އުނދަގޫ ނިންމެވުންތަކެއް ކަމަށެވެ. މިގޮތަށް ކަންކަން ނިންމުމުން ފާޑުކިޔުންތައް އަމާޒުވާ ކަމަށާއި ނަމަވެސް މިއިން ކޮންމެ ކަމަކީ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގެ އިތުރުން އޭގެ ފައިދާ ފަހުން ޤައުމަށްކުރާނެ ނިންމެވުންތަކެއްކަމަށް ނާޒިމް ވިދާޅުވިއެވެ. “ޑޮލަރާއި މަސްތުވާތަކެއްޗާ ގުޅޭގޮތުންނާއި މިފަހު މީޑިއާ ބެހޭގޮތުން ނިންމި ނިންމުންތައް ފާހަގަކޮށްލަންޖެހޭ. އެއީ މުޖުތަމަޢެއް މުޖުތަމަޢެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ނިންމަންޖެހުނު ނިންމުންތަކެއް. ކުރިއަށް އޮތްތަނުގައި އެ ނިންމުންތަކަކީ ރަނގަޅު ނިންމުންތަކެއްގެ ގޮތުގައި ފެނިގެންދާނެ” ނާޒިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ވާހަކަފުޅުގައި ކުރިއަށް އޮތްތަނުގައި މަޖިލީހުން ކުރުމަށް ހަމަޖެހިފައިވާ ބައެއް މަސައްކަތްތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ކުރިއަށް އޮތް ދައުރު ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅަށް ޚިދުމަތްދެވޭނެ ގޮތަށް، ޚަރަދު ކުޑަގޮތަކަށް ލޯކަލް ކައުންސިލްތަކުގެ ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތްކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭނެގޮތަށްކަމަށްވެސް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
