
މުލަކަތޮޅު ރަތްމަންދޫގެ ރައްޔިތުން އެހެން ރަަށަކަށް ހިޖުރަކުރަން ނިންމައިފިނަމަ، ގެދޮރުބިނާކުރަން ފަށާތާ 1 އަހަރު ދުވަހުގެ ތެރޭގައި ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ އެއްފަސްކުރުމުގައި ޙައްލު ގެންނަންޖެހޭ ކަންކަން އެބަހުރިކަމަށާއި އެކަންކަމަށް ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅުއްވާނެކަމަށެވެ. މުލަކަތޮޅު ރަތްމަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ރައީސް އިސްމާއީލް ނާހިދު ވިދާޅުވީ، ރަށުގައި ހިޖުރަކުރަން ބޭނުންވާ އާއިލާތަކާ އަދި ރަށުގައި ތިބެން ބޭނުންވާ އާއިލާތައްވެސް އެބަތިބިކަމަށެވެ. ނާހިދު ވިދާޅުވީ، ހިޖުރަކުރުމުގައި ރައްޔިތުންގެ ޚިޔާލު ރަސްމީކޮށް ހޯދުމާއި ހިޖުރަކުރުމުން ރައްޔިތުންނަށް ލިބޭނެ މަންފާތައް ސަރުކާރުން ތަފްސީލީ ގޮތެއްގައި ރައްޔިތުންނާ ޙިއްސާކުރެއްވުމަށް އެދޭކަމަށާއި، މަޝްވަރާކޮށް މިކަމާމެދު ގޮތެއް ނިންމުމަށް ބޭނުންވާކަމަށެވެ.
“ރަށުގެ ރައްޔިތުން ސަރުކާރަށް ޕެޓިޝަނެއްވެސް ހުށައަޅާފަވޭ، މިކަމުގައި މަޝްވަރާކޮށް ގޮތެއް ނިންމަވައިދެއްވުމަށް. ސަރުކާރުގެ ސިޔާސަތުތައް ސާފުކޮށްދެއްވުމަށް. ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން މިކަމަށް ގޮތެއް ނިންމަން ބޭނުންވަނީ” ކައުންސިލް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހިޖުރަކުރަން ބޭނުންވާ އާބާދީތަކަށް އެކަން ފަހިކޮށްދިނުމަށް ސަރުކާރުން ބޭނުން ވަނީ، ރައްޔިތުންނަށް ފުދުންތެރި ލުއިފަސޭހަ ދިރިއުޅުމެއް ހޯދައިދީ، ކުރިމަގު ބިނާކޮށްދިނުމަށްކަމަށެވެ. އަދި މިކަން ކުރިއަށްގެންދާނީވެސް ވަރަށް ރޭވުންތެރިކަމާއެކުގައިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރާނީ އާބާދީގެ %80ގެ ރުހުން ލިބިވަޑައިގަތުމުންކަމަށެވެ.
“ރަށުގެ ރެޖިސްޓަރޑް ކޮންމެ ގެއަކަށް 3 ކޮޓަރީގެ މިހާރުގެ އެކަށީގެންވާ ބޯހިޔާވަހިކަމެއް ދޭނަން. ގެއަޅާފަ ތަޅުދަނޑި ހަވާލުކުރާނީ. ބަދަލުވާ އާއިލާތަކަށް މިހާރު ދޭ 50000 ރުފިޔާ، ރިވައިޒްކޮށް އެ އަދަދު ބޮޑުކުރާނަން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭނުންވަނީ ސިއްޙީ، ތަޢުލީމީ، އަސާސީ ޚިދުމްތަތައް އަދި ޢުމްރާނީގޮތުން ކުރިއަރާފައިވާ ތަނަކަށް ދިރިއުޅުން ބަދަލުކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ދިނުމަށްކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ރަށުގެ ކައުންސިލާ ރައްޔިތުންނާ އަދި ކަމާގުޅުންހުރި ވުޒާރާތަކާ އިދާރާތައް މެދުވެރިކޮށް ރައްޔިތުންގެ މެދުގައި ޥޯޓެއް ނަގައިގެން ކުރިއަށްދިއުންކަަމަށެވެ. “ރަތްމަންދޫ ރައްޔިތުން ބޭނުންވާނަމަ އެކަން ވަރަށް އަވަހަށް ގޮތެއް ނިންމަން ބޭނުންވަނީ. ނިންމިއްޖެނަމަ ބަދަލުވާ ރަށުގައި މިއަހަރު ނުވަތަ އަންނަ އަހަރު ވީހާވެސް އަވަހަށް ގެތަށް އަޅައިދޭން ފަށާނަން. ފަށާތަ 1 އަހަރުން ނިންމާ މީހުން ބަދަލުކުރެވިދާނެ. ކޮން ރަށެއްތޯ ކަނޑައަޅަން ބޭނުންވަނީ ފުރަތަމަ” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މާލެ ކައިރިން ސަރަޙައްދަކަށް ބަދަލުވުމުގެ ފުރުޞަތު ރަތްމަންދޫ ރައްޔިތުންނަށް ދެއްވާނެކަމަށެވެ. އެގޮތުން ތުލުސްދޫފަދަ ރަށްތަކުގައި އެ ފުރުޞަތު ހުޅުވާލަން ކައުންސިލުން ބޭނުންވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އާބާދީ އެއްފަސްކުރުމަކީ ރަށް ތަރައްޤީވުމަށް ލިބޭ އިތުރު ބާރެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހިޖުރަކުރާއިރު އެކަން ކުރާނީ މުޅި އާބާދީ އެގޮތަށް ބޭނުންވެގެންކަމަށެވެ. އަދި މިފަދަ ރަށްތަކުގައި ގެސްޓްހައުސްފަދަ ވިޔަފާރި ހިންގާނަމަ، އެކަންކަން ރަށްތަކުގައި ހުއްޓާލަން ނުޖެހޭނެކަމަށާ، ވިޔަފާރި އުސޫލުން އެކަން ކުރިއަށްގެންދެވޭނެކަމަށެވެ. ރަތްމަންދޫގެ އާބާދީއަކީ 240 ނަމަވެސް ރަށުގައި އުޅެނީ 80 ވަރަކަށް މީހުންނެވެ. އަދި ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މީހުންގެ ތެރެއިން ގިނަ މީހުން ޚިޔާލު ހުށައެޅީ ރަށުން ހިޖުރަކުރުމަށްކަމަށްވެސް ފާހަގަކޮށްލެވެއެވެ.
މި ބައްދަލުވުމުގައި ރަށުގެ ރައްޔިތުން ފާހަގަކުރި ކަންކަމުގައި ރަށުގެ %34 މީހުންގެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމާއި، މިވަގުތަށް ރަށަށް ބޭނުންވާ، ބަނދަރާ ފެނާ ނަރުދަމާގެ ފަސޭހަ ނިޒާމެއް ހަމަޖައްސައިދިނުމާއި ސްކޫލް ދަރިވަރުންނަށް ކިޔެވޭނެ ފަސޭހަ ގޮތެއް ހަމަޖައްސަވައިދެއްވުން ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
