
މ.މަޑުއްވަރީ ބަނދަރުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މ.މަޑުއްވަރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރަށުގެ ބަނދަރުގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ، އެކަމަށް ސަރުކާރުން ޙައްލު ގެނެސްދެއްވާނެކަމަށެވެ. ރައީސް ވިދާޅުވީ ބަނދަރުގެ މަސައްކަތަށް ހާއްސަ އިސްކަމެއް ދެއްވައިގެން، ދާއިމީ ޙައްލެއް އެމައްސަލައަށް ގެނެސްދެއްވާނެކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ބަނދަރުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“މިރަށުގެ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުއަކަށްވާނީ، އާ ނިވާ ބަނދަރެއް މިރަށަށް ލިބިގެންދިއުން. ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ، އެންމެ ބޮޑު ޢުމްރާނީ މަސައްކަތަށް މި މަސައްކަތްކަތްވެގެންދާނީ، އަންނަ އަހަރުގެ ބަޖެޓުގަ ހިމަނާ، ޖެނުއަރީ މަހު ޢަމަލީ މަސައްކަތް ފަށާނަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވަނީ ރަށުގައި ހުއްޓިފައި އޮތް ކުޅިވަރު ވަސީލަތްތައްތަކުގެ މަސައްކަތް އަލުން ފަށާ އަވަހަށް ނިންމަވައިދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ރަށުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ފުޓުބޯޅަ ދަނޑު ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ހުއްޓިފައިވާ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަށުގެ ކައުންސިލްގެ ރައީސް މުޙައްމަދު އާޒިމްގެ ވާހަކަފުޅުގައި ވަނީ، ރަނގަޅު ބަނދަރެއް ނެތުމުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ރައީސްއާ ޙިއްސާކުރައްވާފައެވެ. އާޒިމް ވިދާޅުވީ މި މަސައްކަތަކީ ވޭތުވެދިޔަ ހުރިހާ ވެރިކަމެއްގައި މަޑުވައްރީގެ ރައްޔިތުން އެދެމުންދިޔަ ކަމެއްކަމަށާ، ނަމަވެސް މިހާތަނަށް އެއްވެސް ޙައްލެއް ގެނެވިފައިނުވާ މަސައްކަތެއްކަން ފާހަގަކޮށްފައެވެ. ރަށުގައި އިޤްތިޞާދީ ކަންކަމަށް މަގުފަހިކުރުމަށް، ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކޮށްދިނުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށްވެސް ކައުންސިލް ރައީސް އެދިވަޑައިގެންނެވިއެވެ. މަޑުއްވަރީއަކީ 10 ހެކްޓަރުގެ ކުޑަ ރަށަކަށްވުމާއެކު، އިޤްތިޞާދީ އިތުރު މަސައްކަތްތަކަށް ފަހިކޮށްދިނުމަށް ބިން ބޮޑުކޮށްދެއްވުމަށްވެސް ކައުންސިލް ރައީސް އެދިވަޑައިގެންނެވިއެވެ.
މ.މަޑުއްވަރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުން ވަނީ ރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމާއި ސްކޫލް އޭސީ ޕްރޮޖެކްޓް އަވަސްކޮށްދިނުމާއި އަދިވެސް ރަށަށް ބޭނުންވާ އިޖުތިމާއީ ކަންކަން އަވަސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ވުޒާރާތަކާ ކުންފުނިތަކުން ވަނީ މަޑުއްވަރީގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ އަދާހަމަ ބަލާ، އަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
