
ދިއްގަރުގައި ފަށަން ތައްޔާރުވެފައިވާ 75 ހައުސިން ޔުނިޓްގެ މަޝްރޫޢަށް އިތުރަށް ފުޅާކޮށް، ތަރައްޤީގެ ރޮނގުން އިތުރު ކުރިއެރުންތައް ދިއްގަރަށް ހޯދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވި ދިއްގަރުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ދިއްގަރުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ދިއްގަރުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވިގެންދިޔަ 30 އެނދުގެ ހޮސްޕިޓަލް ވެގެންދާނީ، ރަށަށް ސިއްޙީ ޚިދުމަތްތައް އިތުރުކުރެވި، ވަރުގަދަކުރެވިގެންދާނެ މަޝްރޫޢުއަކަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންމެ މުހިންމު މަޝްރޫޢުއެއްގޮތެއްގައި ދިއްގަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަވައިދެއްވާނެކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ޢަމަލީގޮތުން ފެށިގެންދާއިރު، މިހާރު އެއްބަސްވުމުގައި ހިމެނޭ އަދަދަށްވުރެ އިތުރަށް ހައުސިން ޔުނިޓް އިމާރާތްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. “މިއީ ރަށުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢު. މިއީ ފެށުމެއް. މި 75 ޔުނިޓްގެ މަޝްރޫޢުގެ އިތުރުން، އިތުރު 75 ޔުނިޓް އެޅުމުގެ މަސައްކަތް މި މަޝްރޫއުއާ އެކުވެގެން ފައްޓާނަން. އާބާދީ އެއްފަސްކުރުމުގެ ސިޔާސަތަށްވެސް މިކަމުގެ އެބަ ފަހިގެންދޭ.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޢުމްރާނީ ތަރައްގީގެ މަސައްކަތުގެ ތެރޭގައި ބަނދަރު ޖާގައާއި ހަލާކުވެފައިވާ ބައިތައް އަލުން ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ކުރީކޮޅު ފެށުމަށް ނިންމާފައިވާކަމަށެވެ. އަދި ސްކޫލަށް އިތުރު 9 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލެއް ހިމެނޭހެން އިމާރާތެއް ބިނާކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ފުޓްބޯޅަ ދަނޑާ، ހުއްޓިފައި އޮތް ފިޓްނަސް އެންޑް ރެކްރިއޭޝަނަލްގެ މަސައްކަތާއި ވޮލީކޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދިއްގަރާ، އަދި މުލަކަތޮޅަކީ މަސްވެރިކަމުގެ ސިނާއަތް ފުޅާ ސަރަޙައްދަކަށްވުމާއެކު، މަސްވެރިންނަށް ފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އެގޮތުން ހެޔޮ އަގުގައި ތެލާ އައިސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް އެކި މަރުހަލާގައި ކުރިއަށްދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މަސްވެރިންގެ ދަފްތަރާ، ލޯނަކީވެސް އެ ދާއިރާއި، ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ސަރުކާރުން ފަހިކޮށްދޭ ވަރަށް މުހިންމު ފުރުޞަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިއްގަރު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ މ.ދިއްގަރު ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަކުރައްވާފައެވެ. އަދި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
