
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތާއެކު ދުނިޔެއަށް ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދީފިއެވެ. ކުޅުދުއްފުށީ ސިޓީން ނަމޫނާ ދައްކާ ކުޅިވަރު ވުޒާރާއާއި ހޭންޑްބޯލް މޯލްޑިވްސް އަދި ކަމާގުޅުންހުރި ހުރިހާ އިދާރާތަކެއް ގުޅިގެން ކުރިޔަށް ގެންދިޔަ ފޯރިގަދަ މުބާރާތުގައި ފުރިހަމަ އިންތިޒާމުތަކާއެކު އެރަށުން ހޭންޑް ބޯޅަ ޓީމުތަކަށް ކީ މަރުހަބާއާއި ދިން މެހެމާންދާރީގެ ސަބަބުން އަނެއްކާވެސް ރާއްޖެ މިވަނީ ދިވެހިންގެ އިހުގެ ސާދާ މެހެންމާންދާރީގެ އާދަކާދަ އަލުން ދިރުވާފައެވެ. ކަލްޗަރަލް ފެސްޓިވަލެއްގޮތަށް ކުރިޔަށް ގެންދިޔަ ދިވެހިންގެ އާދަކާދަ އާއި އިހުޒަމާނުގެ މަސައްކަތްތެރިކަން ދައްކުވައިދިން ހަރަކާތަކީވެސް ބޭރު ގައުމުތަކުން ކުޅުދުއްފުއްޓަށް ޒިޔާރަތް ކުރި މީހުން އަޖައިބުކުރިވި ކަންކަމެވެ.
ދިވެހިން ކުޅިވަރަށް ހުންނަ ފޯރިއާއި ޖޯޝު ދައްކާލާ ގައުމީ ކުލައިން މުޅި ބީޗް ހޭންޑްބޯޅަ ކޯޓު ހިމެނޭ ސަރަހައްދު ޖަރީކޮށް ދިވެހި ދިދަތައް ވިހުރުވަމުންދިޔަ ކުޅުދުއްފުށީ ރައްޔިތުންނާއި އެކި ރަށްރަށުން އެރަށަށް ޒިޔާރަތްކުރި ދިވެހިންވަނީ އަނެއްކާވެސް ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ބޭރު ދުނިޔެއަށް ދައްކާލާފައެވެ. މެޗުތައް ހިނގަމުން ދިޔަ ވަގުތު އެ ދިން ފޯރިއާއި ތަރުހީބަކީ މީގެ ކުރިން ރާއްޖޭގައި ހޭންޑްބޯޅަ މެޗެއްގައި ފެނުނު ވަރުގެ ތަރުހީބެއް ނޫނެވެ. އެއަށްވުރެ މާ ފުރިހަމައެވެ. މިއީ ބައިނަލްއަގްވާމީ ބީޗް ހޭންޑް ބޯޅަ މުބާރާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރުކަމަށްވާއިރު ކުޅުދުއްފުށި މި މުބާރާތަށް ވެފައިވާ ތައްޔާރީން އަނެއްކާވެސް ކުޅިވަރުގެ ފޯރި ގެނުވައިދިނެވެ. ވަކިން ހާއްސަކޮށް ބީޗް ހޭންޑްބޯޅައަށް އޮތް ލޯތްބާއި ތަރުހީބު މި މެޗުތަކުން ފެނިގެންދިޔައިރު މިއީ އެކި ކުޅިވަރުތަކަށް ބަލާއިރު އެންމެ މޮޅު ސަޕޯޓެއް އޮތް އެއް ކުޅިވަރުކަން ކުޅުދުއްފުށިން ވަނީ ފެނިފައެވެ.
މި މުބާރާތުގެ ސަބަބުން ބޭރު ދުނިޔެއަށް ރާއްޖެ އިޝްތިހާރުވެ ބޭރުން ޒިޔާރަތްކުރި މީހުން ވަނީ ކުޅުދުއްފުށީގެ ރީތި ހިއްގައިމު ވެށީގެ ޖާދޫގައި ޖެހިފައެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ރާއްޖެއަށް ޒިޔާރަތް ކުރަންޖެހޭވަރުގެ އެތައް ސަބަބެއް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ހިނިތުންވުމާއި ފުރިހަމަ މެހެމާންދާރީ އާއި ކީ މަރްހަބާއިން ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތަށް އެރަށަށް ޒިޔާރަތްކުރި އެކި ގައުމުތަކުގެ މީހުންނަށް ދައްކައިފިއެވެ. ކޮމަންވެލެތް ބީޗް ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރަނީ ރާއްޖެ، ޕާކިސްތާނު، އިންޑިއާ، ބަންގްލަދޭޝް އަދި ދެކުނު އެފްރިކާއެވެ. މިއީ ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ފުޅާކޮށް އިތުރު ހަރުފަތަށް ގެންދިއުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ މުބާރާތެކެވެ. އަދި މިފަދަ އިތުރު ބައިނަލްއަގްވާމީ މުބާރާތްތައް ރަށްތަކުގައި ބޭއްވުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
