
ސްޕެނިޝް ލީގުގެ ފަރާތުން ބާސެލޯނާގެ މުސާރަ ޝީޓުން 112 މިލިއަން ޔޫރޯ އުނިކޮށް، އެ ޝީޓުގެ އެއްވަނަ އަކީ ރެއާލް މެޑްރިޑް ކަމަށް ކަނޑައަޅައިފިއެވެ. ހުސްވި ޖެނުއަރީ މަހު ސްޕެނިޝް ލީގުން ބާސެލޯނާ އަށް 463 މިލިއަން ޔޫރޯއާ ހަމައަށް މުސާރަ އަށް ހޭދަ ކުރެވޭނެ ކަމަށް ނިންމި އެވެ. ނަމަވެސް މި އަދަދު 351 މިލިއަން ޔޫރޯ އަށް ދަށް ކުރީ ބާސެލޯނާއިން އާމްދަނީގެ ގޮތުގައި ހުށަހެޅި ބައެއް ހެކިތައް ސާބިތު ކޮށްނުދެވުމުންނެވެ. މިއީ ކުރިއާ އަޅާ ބަލާއިރު 24 ޕަސެންޓްގެ ދަށް ކުރުމެކެވެ. މީގެ ސަބަބުން ބާސެލޯނާ އަށް ކުޅުންތެރިން ރަޖިސްޓަރ ކުރުމުގައި އަދިވެސް އިތުރަށް މައްސަލަތައް ކުރިމަތިވާނެ އެވެ.
މުސާރަ ޝީޓުގެ ޖާގަ ދަށް ކުރި އެންމެ ބޮޑު މައްސަލައެއް ދިމާވެފައިވަނީ ބިނާކުރަމުންދާ އެ ކުލަބުގެ އައު ސްޓޭޑިއަމުގެ ވީއައިޕީ ސީޓްތަކުގެ މައްސަލަ އެވެ. ބާސެލޯނާއިން ބުނީ 30 އަހަރު ދުވަހަށް ވީއައިޕީ ސީޓްތަކެއް 100 މިލިއަނަށް ވިއްކާލާފައިވާ ކަމަށެވެ. ނަމަވެސް ސްޕެނިޝް ލީގުގެ އޮޑިޓަރުންނަށް މި ފައިސާ ބާސެލޯނާގެ އެކައުންޓަށް ޖަމާވާނެކަން ޔަގީނެއް ނުކުރެވުނެވެ. މުސާރަ ޝީޓުން ބޮޑު ބައެއް އުނިކުރީ މިހެންވެ އެވެ. ނަމަވެސް އަދިވެސް ދެ ވަނަ އަށް އެންމެ ގިނަ އަދަދަކަށް މުސާރަ އަށް ހޭދަ ކުރަނީ ބާސެލޯނާއިންނެވެ. އާމްދަނީ އަށް ބަލާއިރު އެންމެ ބޮޑު އަދަދެއް މުސާރައަށް ހޭދަ ކުރެވޭނެ ކަމަށް ނިންމާފައިވަނީ ރެއާލް މެޑްރިޑަށެވެ. ސްޕެނިޝް ލީގުން ބުނީ އެ ކުލަބަށް 761 މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ހޭދަ ކުރެވިދާނެ ކަމަށެވެ. ރެއާލް އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު އާމްދަނީ އެއް ކުލަބެވެ. މި ގޮތުން އެ ކުލަބުގެ އާމްދަނީ ބިލިއަނެއް ފަހަނައަޅައި ވަނީ ކުރިއަށް ގޮސްފަ އެވެ.
ތިން ވަނަ އަށް މުސާރަ އަށް އެންމެ ބޮޑު ހޭދައެއް ކުރެވެން އޮތީ އެތްލެޓިކޯ މެޑްރިޑަށެވެ. އެ ކުލަބަށް 327 މިލިއަނާ ހަމައަށް ހޭދަ ކުރެވިދާނެ އެވެ. މުސާރަ އަށް އެންމެ ކުޑަ ހޭދައެއް ކުރެވެން އޮތީ ސެވިއްޔާ އަށެވެ. ސްޕެނިޝް ލީގުން ނިންމާފައިވަނީ އެ ކުލަބުގެ މާލީ ކަންކަން ބެލުމަށްފަހު ހޭދަ ކުރެވޭނީ 22.14 މިލިއަން ޔޫރޯ ކަމަށެވެ. ކުރިން އެ ކުލަބަށް ދީފައިވަނީ 21.5 މިލިއަން ޔޫރޯ ހޭދަ ކުރުމުގެ ހުއްދަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
