
މެންޗެސްޓާ ޔުނައިޓެޑުން ބޮޑު ހޭދައެއް ކުރި ނަމަވެސް، މި ސީޒަނުގައިވެސް އަދި ނަތީޖާތަކެއް ރަނގަޅެއް ނުވެއެވެ. ހުސްވި ސީޒަނުގައި ކިރިޔަކިރިޔާ ރެލިގޭޓްނުވެ ސަލާމަތްވި ޔުނައިޓެޑްގެ ކޯޗު ކަމާ ރުބެން އަމޮރިމަށް ވެސް މި ވަގުތު ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. މި ވާހަކަ މާބޮޑަށް ދެކެވެން ފެށީ ޔުނައިޓެޑް ހިންގާ އިނިއޯސް ގްރޫޕުގެ ވެރިޔާ ޖިމް ރަޓްކްލިފޭ، ކޯޗާ ބައްދަލު ކުރުމުންނެވެ. މި ބައްދަލުވުމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އަމޮރިމް ބުނީ ރަޓްކްލިފޭ އޭނަ އަށް އައު ކޮންޓްރެކްޓެއް ދޭން ހުށަހެޅީ ކަމަށެވެ. ނަމަވެސް މިއީ އޭނާ ސަމާސާ އަކަށް ދެއްކި ވާހަކައެކެވެ.
“ބައްދަލުވުމަކީ އާދައިގެ ބައްދަލުވުމެއް. އަހަރެންނަށް މެނޭޖްމަންޓުގެ ސަޕޯޓް އޮތްކަން ފާޅު ކުރި. އަދި ޔުނައިޓެޑްގެ މިހާރުގެ ޕްރޮޖެކްޓާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު. މިއީ ކުރު މުއްދަތަކަށްވުރެ ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ކަމަށް ވާހަކަ ދެކެވި މަޝްވަރާ ކުރެވުނު،” އަމޮރިން ބުންޏެވެ. ނަމަވެސް އިނގިރޭސި ނޫސްތަކުން މި ވާހަކައާ މުޅިން އެއްބަހެއްނުވެ އެވެ. ގިނަ މީޑިއާތަކުން ބުނަނީ ނަތީޖާ ރަނގަޅު ނުވާތީވެ ޔުނައިޓެޑްގެ ވެރިންގެ ކެތްތެރިކަން ކޮޅުންލައިދާން ފަށައިފި ކަމަށެވެ. ބައްދަލުވުމުގައި އެކަން އަމޮރިމާ ހިއްސާކޮށްފައިވާ ކަމަށެވެ. މިވާހަކަ ސާފުކޮށް އެހުމުން ކޯޗު ބުނީ ނަތީޖާ ރަނގަޅު ކުރަންޖެހޭ ކަމަށް އޭނާ ވެސް އެއްބަސްވާ ކަމަށެވެ. އޭނާ ހަވާލުވި ފަހުން ކުޅުނު މެޗުތަކުގައި ޔުނައިޓެޑް މޮޅުވެ، އަދި އެއްވަރުވި މެޗުތަކަށްވުރެ، ބަލިވި މެޗުތައް ގިނަ އެވެ. ނަމަވެސް ކޯޗު ބުނީ އޭނާގެ ސްޓައިލާއި ވިސްނުން ބަދަލު ނުކުރާނެ ކަމަށެވެ. އެކަމަކު ކުލަބުން މިކަން ބަދަލު ކުރަން ބޭނުންވާނަމަ އެހެން ކޯޗަކު ހޯދިދާނެ ކަމަށެވެ.
ޔުނައިޓެޑަށް އިނގިރޭސި ލީގުގައި ކާމިޔާބު ނުހޯދޭތާ މިހާރު 13 އަހަރުވެއްޖެ އެވެ. އެ ޓީމަށް އެންމެ ފަހުން ޕްރެމިއާ ލީގު ކާމިޔާބު ކުރެވުނީ 2013 ވަނަ އަހަރު ރިޓަޔާކުރި ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު ސާ އެލެކްސް ފާގަސަންގެ ކޯޗުކަމުގަ އެވެ. މިއަށްފަހު ޓީމު އަޑިއަޅާލާފައިވާއިރު ސަޕޯޓަރުންގެ ނަޒަރުގައި ޓީމަށް ކިރިޔާ ވެސް ކުރިއެރުމެއް ލިބުނީ ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯގެ ދުވަސްވަރު ކަމަށެވެ. އޭނާ ވަނީ ޔުނައިޓެޑާއެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށް ލީގުގެ ދެ ވަނަ އަށް ދަތުރުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
