
ރާއްޖޭގައި ހިނގަމުންދާނީ ޤާނޫނުގެ ވެރިކަމެއް ކަމަށާއި، މިވެރިކަމުގައި ކުށްކުރާ މީހުންނަށް އެމީހަކަށް ބެލުމެއް ނެތި ހަރުކަށި އަދަބު ދެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޑްރަގްގެ މައްސަލައަކީ ރާއްޖެއަށް ދިވާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. އަދި އެއްވެސް އިރެއްގައި މި މައްސަލަ ހައްލުރުމަށް އެދެވޭ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާކަމަށާއި، މިފަދަަ މައްސަލަތަކުގައި ވަކި މީހަކަށް ވަކި ގޮތެއް ހަދަމުންދާކަމަށް ރައީސް ވިދާޅުވިއެެވެ.
“ފެނިވަޑައިގަންނަވާނެ 130 ކިލޯގެ ޑްރަގް ރާއްޖެއަށް އެތެރެކުރި މީހެއް އަޅުގަނޑުމެންގެ ނިޒާމުގެ ތެރެއިން ހިފާ ހައްޔަރުކޮށް ޤާނޫނު ކުރިމައްޗަށް ގެންދިޔައީމާ މިއަދު އެވަނީ ހުކުމްކޮށްފަ. ޖުޑީޝަރީގެ ފަރާތުން. މީގެ ކުރިން މިކަހަލަ ކަންތައްތަކުގައި އަބަދުވެސް ފަހަތު ފަޔަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން އޮންނަނީ ބުރަވެފައި. ފުލުހުންގެ އިދާރާ ވިޔަސް އެހެން ބައެއް ވިޔަސް އެމީހާއަށް ބަލާފަ އެހެން ގޮތެއް ހަދަނީ.” ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މިފަދަ ކުށްތައް ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޑްރަގާއި ބެހޭ މައްސަލަތައް އިތުރަށް ވަރުގަދަކޮށް ބެލުމަށްޓަކައި ކަމާބެހޭ ޤާނޫނުވެސް އިސްލާހުކުރަން ފަށާފައިވާކަމަށާއި، ވަރަށް އަވަހަށް މަޖިލީހަށް މި ބިލު ހުށަހެޅިގެންފާނެކަމަށް ވިދާޅުވިއެވެ.
“އެހެންމަ މިގޮތަށް އަޅުގަނޑުމެން މިގޮތަށް ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާނީ. އެޢީ ޢިހްލާސްތެރިކަމާއެކީގައި އަޅުގަނޑުމެން މަސައްކަތްކުރާނީ. ހަމައެގޮތަށް ގޭންގުތަކުގެ މައްސަލަވެސް. އެކަމާއި ގުޅޭ ޤާނޫނެއްވެސް މިހާރު ވާނީ ތަސްދީގުކުރެވި އަމަލުކުރަން ފަށާފަ.” ރައީސް ވިދާޅުވިއެވެ. މިހުރިހާ ޤާނޫނެއްްވެސް ތަންފީޒުކުރަމުންދާނީ ވަކި މީހަކަށް ބެލުމެއްނެތިކަަމަށް ރައީސް ވިދާޅުވިއެވެ. “ޤާނޫނުގެ ވެރިކަމެއް އަޅުގަނޑުމެން މި ހިންގަނީ. ރޫލް އޮފް ލޯ. ދިވެހި ހުރިހާ ރައްޔިތުން އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. ހުރިހާ ރައްޔިތުންނަކީ އެއްވަރުގެ ރައްޔިތުން. އެކަކުވެސް ތަފާތެއް ނެތް. އެހެންވީމާ ހުރިހާ ރައްޔިތުންނަށް އެއްވަރަކަށް ޤާނޫނުވެސް ތަންފީޒުވާގޮތަށް އަޅުގަނޑުމެން ވެރިކަން ހިންގާނީ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރެވޭނީ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުންކަމަށެވެ. އަދި މިފަދަ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންގެ ފަރާތުންވެސް އެއްބާރުލުން މުހިންމުކަމަށް އެމަނިކުފާނު ފާހަގަކުރެއްްވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
