
(ފޮތޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޒުވާން ކުޅުންތެރިންނާއެކު ނުކުމެ ކުލަބު ވެލިންސިއާއިން ފުރަތަމަ މެޗުގައި ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ. ވެލެންސިއާގެ ފުރަތަމަ 11 ގައި މައިގަނޑު ގޮތެއްގައި ތިބީ ޒުވާން ކުޅުންތެރިންނެވެ. ޓީމުގައި ގިނައިން ހިމެނެނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އެ ޓީމުގެ 8 ކުޅުންތެރިން ވެލެންސިއާގައި ހިމެނެ އެވެ. ދެން ހިމެނެނީ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އެ ޓީމުގެ ވެސް 8 ކުޅުންތެރިން ހިމެނެ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗަށް ގްރީން ސްޓްރީޓްސް ނުކުތީ އެންމެ ފަހުންވެސް ލީގުގައި ވާދަކުރިއިރު ތިބި ގިނަ ކުޅުންތެރިންނާއެކު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މާ ގިނަ ހަމަލާތަކެއް އުފައްދަން ދެޓީމަށް ވެސް ފުރުސަތު ލިބިފައެއް ނުވެއެވެ. މެޗުގެ 9 ވަނަ މިނިޓުގައި ގްރީން ސްޓްރީސްޓްގެ ބިދޭސީ ފޯވާޑް އޮބައިޑާ ކާދިމް އަހުމަދު އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. މެޗު 14 ވަނަ މިނުޓުގައި ވެލެންސިޔާ އަހުމަދު ކިޔާން ގަޔާޝް ދިން ބޯޅައެއް އޭރިޔާ ތެރެއިން ކުޅުންތެރިއެއް ކައިރިން ނައްޓާލާފަ ވެލެންސިއާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އީތަން އިބްރާހިމް ޒަކީ ވަނީ ގޯލަށް ބޯޅަ ފޮނުވާލާ ލީޑު ނަގައިދީފައެވެ. އީތަން ވަނީ މެޗުގެ 24 ވަނަ މިނުޓުގަ ވެސް އޭރިޔާ ތެރެއަށް ވަދެ ހަމަލާއެއް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގައި ދެން އެންމެ ހުސް ފުރުސަތެއް ލިބުނީ ވެލެންސިއާގެ ބިދޭސީ ފޯވާޑް ބޫބާ ސިއްލާއަށެވެ. އޭރިޔާ ތެރެއަށް ވަދެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފަ ފޮނުވާލި ބޯޅަ ދިޔައީ ގްރީންގެ ޑިފެންޑަރެއްގެ ފައިގަ ޖެހިފަ ބޭރަށެވެ.
ވެލެންސިއާ އިން ލީޑު އިތުރަށް ފުޅާ ކުރީ މެޗުގެ 66 ވަނަ މިނިޓުގައި އީތަން ހުރަސް ކޮއްލި ބޯޅައެއް ބޯބާ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މި ލަނޑަށް ފަހު ވެސް އީތަން ހުސްކޮށް ދިން ފުރުސަތެއް ބޮބާ އަށް ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. މި މެޗުގައި ގްރީންގެ ލަނޑު ކާމިޔާބު ކުރީ މެޗުގެ އިތުރުވަގުތު ތެރޭގައި އެޓީމުގެ މިސްރު ކުޅުންތެރިޔާ އެލް ސައީދު ބޯޅަ ޖައްސާލަމުން ވަރަށް ހަމަޖެހިލާފަ އޮބައިޑާ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދައިލައިގެންނެވެ. މިމެޗާ އެކު ލީގުގައި ވާދަކުރާ 10 ޓީމުން ވަނީ އެއްމެޗު ކުޅެފައެވެ. ލީގުގެ ދެވަނަ ހަފްތާގެ ކުޅުން ފެށޭނީ ބުދަ ދުވަހު ހަވީރު ކްލަބް އީގަލްސް އާއި ބުރު ސްޕޯޓްސް ކްލަބް މެޗުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
