
ފ. ނިލަންދޫގައި މާލަސްތަކެއް ނުވެ ހޭންޑްބޯޅަ ކޯޓެއް އެޅުމަށް ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޮންމެ މަޝްރޫއަކީވެސް އެ މަޝްރޫއު ހަވާލުކުރެވޭ ކޮންމެ ކުންފުންޏަކުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާނެ މަޝްރޫއުތަކެއް ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓްގައި މުޅި ރާއްޖޭގައި ހޭންޑްބޯޅަ ކޯޓުތައް އެޅުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހިމަނާ، ބިޔަ މަޝްރޫއެއް ކުރިޔަށް ގެންދަވާނެ ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ނިލަންދޫގައި ހޭންޑްބޯޅަ ކޯޓެއް އެޅުމުގެ މަޝްރޫއަކީ ކުރިޔަށް ގެންދެވުމަށް ވިސްނަވާފައިވާ ކަމެއްކަމަށާއި މާލަސްތަކެއް ނުވެ އެތަން ތަރައްގީކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ކުޅިވަރުގެ މަޝްރޫއުތައް ހުރިހާ ސަރަހައްދެއްގައި ހިންގަވާ ހުރިހާ ސަރަހައަދެއްގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗަރތައް ގާއިމުކޮށް ކުޅިވަރު ލާމަރުކަޒު ކުރުމަށެވެ. އަދި ކޮންމެ ރަށެއްގެ ރައްޔިތުންނަށް ދުޅަހެޔޮކަންމަތީ ތިބުމަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް އެރަށެއްގެ ރައްޔިތުން އެދޭގޮތަށް ގާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ.
ނިލަންދޫގެ އިތުރުން ފ.އަތޮޅުގެ އެހެނިހެން ރަށްރަށުގައިވެސް ކުޅިވަރުގެ އެކި އެކި ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ވަނީ އެކި ކުންފުނިތަކާއި ހަވާލުކޮށްފައެވެ. އެގޮތުން ކުރިޔަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
